English Edition
Dhivehi Edition

އެންމެ ފަހުގެ ޕްރިމިއާ ލީގު ޗެމްޕިއަން ޗެލްސީ ފުރަތަމަ މެޗުގައި ބާންލީ އާއި ބައްދަލުކޮށް 3-2 ގެ ނަތީޖާއަކުން ބަލިވި އިރު ވަޓްފޯޑް އަތުން ލިވަޕޫލް ޕޮއިންޓްއެއް ހޯދާއިފިއެވެ.

މެޗު ފަށައިގެން ޗެލްސީން ރަނގަޅު ކުޅުމެއް ދެއްކި ކަމުގައި ވީނަމަވެސް މެޗުގެ 14 ވަނަ މިނެޓުގައި ޗެލްސީގެ ގެރީ ކޭހިލްއަށް ދެއްކި ރަތް ކާޑު ފައިދާ ނަގާ ބާންލީއިން ވަނީ ޗެލްސީކޮޅަށް އެޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްފައެވެ.މި ލަނޑު މެޗުގެ 29 ވަނަ މިނެޓްގައި ޖަހާފައިވަނީ ވޯކްސްއެވެ.ވޯކްސް ވަނީ މިމެޗުގައި ބާންލީއަށް ދެ ލަނޑު ޖަހާދީފައެވެ.ބާން ލީގެ ތިން ވަނަ ލަނޑު ފުރަތަމަ ހާފް ނިމުމުގެ ކުރިން ޖަހާފައިވަނީ ސްޓީފަން ވާޑްއެވެ.
އެހެން ނަމަވެސް ދެވަނަ ހާފް ފަށައި މޮރާޓާގެ ލަނޑުން މެޗުގެއި ޗެލްސީގެ ފުރަތަމަ ލަނޑު ޖެހި ނަމަވެސް އޭގެ މާގިނިއިރުތަކެއް ނުވަނީސް ޗެލްސީގެ ސެސްކް ފެބްރިގާސް ކުރި ފައުލަކާއި ގުޅިގެން އޭނާ ވަނީ ދެ ވަނަ ރީނދޫކާޑާއި އެކު ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ.މިއީ ޗެލްސީއިން މެޗުގައި ހޯދި ދެވަނަ ރަތް ކާޑެއެވެ. މިއާއެކު 9 ކުޅުންތެރިންނާއި އެކު ކުޅެންޖެހުމުގެ ފައިދާ ނަގާ ބާންލީން ޗެލްސީގެ ގޯލަށް ކާރިކާރީގައި ގިނަ ހަމަލާތަށް ފޮނުވާފައެވެ.

ނަމަވެސް މެޗުގެ 88ވަނަ މިނެޓްގައި ޗެލްސީގެ ފަހަތަށް ކުޅޭ ބްރެޒިލްގެ ޑޭވިޑް ލުއިޒްގެ ލަނޑުން ޗެލްސީއިން ވަނީ މެޗުގެ ފަރަގު ކުޑަކޮށްފައެވެ.

ޕްރިމިއަ ލީގުގައި އިއްޔެ ހަވީރު ލިވަޕޫލާއި ވަޓްފޯޑު ބައްދަލުކުރި މެޗު ވަނީ3-3 ލަނޑުން އެއްވަރު ވެފައެވެ.މިއަދުގެ މެޗުގެ 8 ވަނަ މިނެޓުގައި އޮކަޗުކާގެ ލަނޑުން ވަޓްފޯޑް ލީޑް ނެގި ކަމުގައި ވީނަމަވެސް ލިވަޕޫލްގެ މާނޭ ވަނީ ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. މާނޭގެ ލަނޑެއް 3 މިނެޓް ނުވަނީސް ވަޓްފޯޑުގެ ޑޯކޯ ވަނީ ލަނޑެއް ޖަހާ އެޓީމަށް އަލުން ލީޑް ހޯދާދީފައެވެ.އެހެނަމަވެސް ދެ ވަނަ ހާފް ފަށައިގެން މާގިނައިރުތަކެއް ނުވަނީސް ލިބުނު ޕެނަލްޓީކާމިޔާބުކޮށް ފިރްމީނޯ ވަނީ ލިވަޕޫލްއަށް ނަތީޖާ ހަމަހަމަ ކޮށްދިން އިރު އޭގެ ދެ މިނެޓު ފަހުން ސަލާހް ވަނީ މެޗުގައި ފުރަތަމަ ފަހަރަށް ލިވަޕޫލްއަށް ލީޑް ހޯދާ ދީފައެވެ.އެހެން ނަމަވެސް 90 ވަނަ މިނެޓުގައި ބްރިޓޮސް ކާމިޔާބުކުރި ގޯލުން ވަޓްފޯޑްވަނީ ޕޮއިންޓެއެއް ކަށަވަރު ކޮށްފައެވެ.

ޕްރިމިއަ ލީގުގައި މިރޭ ބްރިޓަން ކޮޅަށް ފަހު ހާފްގައި ޖެހި ދެ ގޯލާއި އެކު މެންޗެސްޓަ ސިޓީން ވަނީ މުބާރާތުގެ ފެށުން ރަނގަޅު ކޮށްފައެވެ. ރޭ ބްރިޓަން އާއި ސިޓީ ބައްދަލު ކުރި މެޗުގެ ފުރަތަމަ ލަނޑު އަގުއޭރޯ ކާމިޔާބުކޮށް ދިން އިރު ދެވަނަ ލަނޑަކީ ބްރިޓަން ކުޅުންތެރިއެއްގެ އަތުން ބައިކޮޅަ ވަން ގޯލެކެވެ.