English Edition
Dhivehi Edition

އައިއޯއެސް އެޕަލް ސްޓޯރުން ވޭޕިން އެޕްލިކޭޝަން ތައް ނަގައިފި އެވެ. އެޕަލް ކުންފުނިން މިގޮތަށް ނިންމީ ވޭޕް ކުރުމުގެ ސަބަބުން ސިއްހަތައް އެކި އެކި ގެއްލުން ލިބި ވޭޕް ކުރުމާއި ގުޅިގެން އެތައް ބައެއްގެ ފުރާނަ ގޮސްފައިވާތީއެވެ. އިއްޔެ އެޕަލް ކުންފުނިން ވަނީ އެޕަލް ސްޓޯރުގައި ހުރި 181 ވޭޕިން އެޕްލިކޭޝަން ނަގާފައި އެވެ.

ވޭޕް ކުރުމުގެ ސަބަބުން އެމެރިކާގައި 42 މީހަކު މަރުވެފައިވާއިރު 2,100 އަށް ވުރެ ގިނަ ނޭވާލުމުގެ ނިޒާމަށް ޖެހޭ ބަލީގެ ކޭސްތައް ވަނީ އާންމު ވެފައެވެ.

އެކްސްއިއޮސް އަށް ދިން ބަސްދީގަތުމެއްގައި އެޕަލް ކުންފުނިން ބުނީ އީ ސިގިރެޓް ގެ ސަބަބުން ދިމާވާ އެކި އެކި ނުރަނގަޅު ސިއްހީ މައްސަލަތައް ފާހަގަ ކުރެވޭ ކަމަށެވެ. އެޕަލް ސްޓޯރުން ކުރިން ލިބެން ހުރި އެޕްލިކޭޝަން ތަކަކީ ވޭޕިން ގޭމު ތަކާއި، ވޭޕް ކުރަން ބޭނުންކުރާ އެއްޗިސް ކޮންޓްރޯލް ކުރާ އެޕްލިކޭޝަން ތަކެވެ. އަދި ވޭޕިން އާއި ގުޅޭ އިތުރު އެޕްލިކޭޝަން ތައް ވެސް ކުރީގައި ހުރި އިރު މިހާރު މި އެޕްލިކޭޝަން ތަކެއް އެއްވެސް ގޮތަކަށް އެޕަލް ސްޓޯރަކުން ނުލިބޭނެ އެވެ.

އެޕަލް ކުންފުނިން ބުނީ ފޯނު ތަކުގައި ޑައުންލޯޑް ކޮށްފައިވާ ވޭޕިން އެޕްލިކޭޝަން ތައް އެހެން ފޯނުތަކަށް އަދިވެސް ޓްރާންސްފާ ކުރެވޭނެ ކަމަށެވެ.

ޓެގު