English Edition
Dhivehi Edition

ބާސެލޯނާއިން ޑޯޓްމަންޑްގެ ހުނަރުވެރި ޒުވާން ފޯވަޑް ޑެމްބެލޭއަށް ހުށަހެޅި 100 މިލިއަން ޔޫރޯއަށް ނޫނެކޭ ބުނެ ޑެމްބެލޭ ސަސްޕެންޓް ކޮށްފިއެވެ.

ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑްއަށް ކުޅޭ ފުރާންސްގެ 20 އަހަރުގެ އޮސްމާނޭ ޑެމްބެލޭ ސަސްޕެންޑް ކޮށްފައިވަނީ ޓީމުގެ ހުއްދަނެތި ފަރިތަކުރުންތަކަށް ހާޒިރުނުވުމުގެ ސަބަބުންނެވެ. އެހެންކަމުން ޑެމްބެލޭ ސަސްޕެންޝަނާއި ކުރިމަތިލާން ޖެހޭނީ މި ހޮނިހިރު ދުވަހު ކުޅޭ ޖާމަންކަޕް މެޗަށް ފަހުގައެވެ.

ދުނިޔޭގެ ރިކޯޑް ފީއެއް ކަމުގައިވާ 200 މިލިއަން ޔޫރޯއަށް ނޭމާ ބާސެލޯނާ ދޫކޮށްލުމާ ގުޅިގެން އޭނާ ނެތްތަން ފޫބެއްދުމަށްޓަކައި ބާސެލޯނާއިން ވަނީ ޑެމްބެލޭގެ އިތުރުން އެތްލެޓިކޯ މެޑްރިޑްގެ އެންޓީނޯ ގްރައިޒްމަން އާއި ލިވަޕޫލްގެ ޕލިޕް ކުޓީނިއީގެންނަން މަސައްކަތްކޮށްފައެވެ. މި ދެ ޓީމްއިން އެ ކުޅުންތެރިން ދޫކޮށްފައި ނުވުމުން ދެން މި މަޤާމް ފުރުމަށް ޑެމްބެލޭ އަކީ އެންމެ އެކަށީގެންވާ ކުޅުންތެރިޔާ ކަމުގައި ޑޯޓްމަންޑް ދެކޭތީއެވެ.

ޑޯޓްމަންޑްއިން މިހަފްތާގައި ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ޑެމްބެލޭ ބާސެލޯނާއަށް ގެންދިޔުމަށް އެ ކްލަބާއެކީ މަޝްވަރާތަކެއް ކުރެވުނުކަމުގައި އާއި އެހެންނަމަވެސް ބާސެލޯނާއިން ހުށަހެޅި އަގަކީ ޑެމްބެލޭގެ ފެންވަރާއި މިހާރު ޓްރާންސްފަރ މާކެޓްގައި ކުޅުންތެރިންގެ އަގުތައް އުޅޭ އަގުތަކާއި ބަލާއިރު ޑެމްބެލޭ ވިއްކާލެވޭނެ އަގެއް ނޫންކަމަށެވެ. އެހެންކަމުން އެ ބިޑް ބަލައިނުގަންނާނެ ކަމަށާއި ބާސާއިން އެނާ ބޭނުން ނަމަ މިއަށް ބުރެ ބޯޑު ހުށައެޅުމެއް ހުށައަޅަން ޖެހޭނެކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުގައި މިއަދުގެ ވަގުތެއްގައި ޑެމްބެލޭ ސްޕެއިންގައި ބާސެލޯނާގެ މެނޭޖްމަންޓާއި ބައްދަލުކުރާނެއެވެ.

ޓެގު