ބްރިޓެއިންގެ އެންމެ ބޮޑުއާއިލާ އަށް 22 ވަނަ ކުއްޖާ ލިބެނީ
4 ހަފްތާ ކުރިން
ލުބްނާ މަޖީދް މުޚުތާރް

ބްރިޓެއިންގެ އެންމެ ބޮޑު އާއިލާގެއަންހެންމީހާ ކަމަށްވާ ސުއި ރެޑްފޯޑް އޭނަގެ 22 ވަނަ ދަރިފުޅަށް ބަލިވެ އިންކަން މީޑިއާއަށް ކަށަވަރުކޮށްދީފިއެވެ.

ރެޑްފޯޑް 44އ އާއި އޭނަގެ ފިރިމީހާ ނޮއެލް 48އ މި އުފާވެރި ހަބަރު ހިއްސާކޮށްފައިވަނީ ޔޫޓިއުބް ވީޑިއޯ އެއް މެދުވެރިކޮށެވެ.

Advt

Advertisement

މިދެމަފިރިން ނަށް 21 ވަނަ ކުއްޖާ ލިބުމަށްފަހު 2018 ވަނަ އަހަރު ވަނީ އިތުރު ދަރިއަކު ނުހޯދާނެ ވާހަކަ މެސެޖަކުން މީޑިއާއަށް ހާމަކޮށްފައެވެ. ނަމަވެސް މިދިޔަ އާދީއްތަދުވަހު ޔޫޓިއުބް ވީޑިއޯއެއްގައި މިދެމީހުން ބުނެފައިވަނީ މިހާރު 22 ވަނަ ކުއްޖާ އަށް ސުއި ބަލިވެއިންކަމަށެވެ.

މީގެ ކުރިންވެސް މިއާއިލާއަށް ދުނިޔޭގެ ކަންކޮޅުތަކުން ސަމާލުކަން ލިބިފައިވެއެވެ. ރެޑްފޯޑް ބަލިވެ އިންކަން ހާމަކުރަމު ން ބުނީ މިފަހަރު އޭނަ އުންމީދުކުރަނީ ފިރިހެން ކުއްޖެއް ލިބޭނެކަމަށެވެ.  ބޭކަރީ އެއް ހިންގައިގެން އާއިލާގެ ހަރަދު ބަލަހައްޓަމުން ދާ ރެޑްފޯޑް އުޅެނީ 10 ކޮޓަރީގެ ގެއެއްގައެވެ. މިގެ ގަނެފައިވަނީ 2004 ވަނަ އަހަރުއެވެ. ރެޑްފޯޑް އެންމެ ފަހުން ވިހެއީ ނޮވެމްބަރ މަހު އެވެ. އޭނަގެ ދެންތިބި ދަރިންނަކީ، ކްރިސް 30އ، ސޯފީ 25އ، ކްލޯއީ 23އ، ޖެކް 22، ޑެނިއެލް 20، ލޫކް18އ، މިލީ17އ، ކެޓީ16އ، ޖޭމްސް15އ، އެލީ14އ، އައިލީ 13އ، ޖޯޝް12އ، މެކްސް11އ، ޓީލީ9އ، އޮސްކާ7އ، ކެސްޕާ6އ، ހޭލީ3އ، ފޯބް2އ، އާޗީ18 މަހެވެ.

ސޯފީ ފިޔަވާ ހުރިހާ ދަރިން ދިރިއުޅެނީ ރެޑްފޯޑް އާއެކު އެގޭގައެވެ. ހަފްތާއަކު 350ޕައުންޑް ކެއުމަށް ހަރަދު ދާ އިރު ރެޑްފޯޑްބުނީ ހުރިހާ ކުދިންތައް ނިދުމުން ގޭތެރެ ސާފުކުރުމަށް ކޮންމެ ދުވަހަކު 3ގަޑިއިރުނަގާ ކަމަށެވެ. އަދިހެދުން  ދޮންނަ ދުވަހެއް ނަމަ 18ކިލޯގެ ހެދުން ކޮންމެ ދުވަހަކު ދޮންނަން ޖެހޭކަމަށް އޭނަ ބުންޏެވެ. “އެންމެ އުނދަގޫވަނީ ހޮލިޑޭއަކަށް ތަނަކަށްދާން. ކުދިންގެ ބޮލަކަށްޖޭހޭ އަގުގެއިތުރަށް 7 ބޮޑު ފޮށިގެންދަން ޖެހޭ” ރެޑްފޯޑް މިދިޔަ ޖުލައިމަހު ފިމެއިލް ކިޔާ މަޖައްލާ އަކަށް ދިން އިންޓަވިއުއެއްގައި ބުނެފައިވެއެވެ.

21 ދަރިން ވިހައި އަވަދިނެތި އުޅޭ މަންމަ ބުނީ އޭނަ އަބަދުވެސް ދަރިން ހިތްހަމަ ޖައްސަން ތަންތަނަށް ގެންދާ ކަމަށާއި ތަންތަނަށް ދާންޖެހެނީ އިންޓަނެޓް އިން އަގުހެޔޮތަންތަން ބަލާފައި ކަމަށެވެ. ވިހެއުމަކީ މާބޮޑު ކަމެއް ނޫންކަމަށް ދެކޭ މިމަންމަ އަށް ސިއްޙީ އެއްވެސް ބޮޑު މައްސަލައެއް މިހައިތަނަށް ދިމާވެފައި ނުވާކަމަށް އޭނަބުނެއެވެ.