English Edition
Dhivehi Edition

ދިވެހިރާއްޖޭގެ ގުޅުން ޕްރައިވެޓް ލިމިޓެޑް (ދިރާގު) އިން ، އެޕަލް ކުންފުނިން މިއަހަރުގެ ސެޕްޓެމްބަރު މަހު ނެރުނު އައިފޯން 11 އާއި އައިފޯން 11 ޕްރޯ ގަތުމަށް އަމީނީ މަގުގައި އިންނަ ދިރާގުގެ ހެޑް އޮފީސް ދޮށަށް މީހުންތައް ޖަމާވެއްޖެއެވެ.

ފޮޓޯ: ދިރާގު

ދިރާގުން އައިފޯންގެ ޕްރީއޯޑަރ އަށް މިމަހުގެ 10 ވަނަ ދުވަހު ހުޅުވާލިތާ 24 ގަޑިއިރު ނުވަނީސް ހުރީ ޕްރީއޯޑަރ އެއް ހުސްވެފައިވާ ކަމަށް އެ ކުންފުނިން ބުނެފައި ވެއެވެ.

ދިރާގަކީ އެދުވަސްވަރެއްގައި ދުނިޔޭގެ ބާޒާރަށް ނެރޭ މަޝްހޫރު ފޯނުތައް އެ ކުންފުނިން ފަސޭހަކަމާއެކު ގަނެވޭގޮތަށް އަބަދުވެސް ހަދާ ކުންފުންޏެކެވެ. ދިރާގުގައި މިހާރުވެސް ސެމްސަންގ އިން އެންމެ ފަހަކަށް ނެރުނު ފޯނުތައްވެސް ވިއްކަން އެބަ ހުއްޓެވެ.

ގިނަ ފަރާތްތަކުން އެއްބަސްވާ ގޮތުގައި އެޕަލް ކުންފުނިން އެންމެ ފަހަކަށް ނެރުނު ފޯނުތަކުގެ ކެމެރާ އާއި ޗާޖު ހިފަހައްޓާ މިންވަރު އިތުވުން އެއީ އެ ފޯނުތައް ގަތުމަށް މީހުން ޝައުޤުވެރިކަން އުފެދުނު އެއް ސަބަބެވެ.

އެޕަލް ކުންފުނިން އެންމެ ފަހުން ނެރުނު ފޯނުތަކަކީ އައިފޯން 11 އާއި އައިފޯން 11 ޕްރޯ އާއި އައިފޯން 11 މެކްސް އެވެ.