English Edition
Dhivehi Edition
ފޮޓޯ: ގޫގަލް

ޓެރެރިސްޓް ޖަމާއަތްތަކުގެ ޕޯސްޓް ތައް ސޯޝަލްމީޑިއާގައި އަންމުކޮށް އެކަން ޕްރޮމޯޓްކު ރަމުން ދިޔަ ދިވެހި ޒުވާނަކު ރޭ ހައްޔަރުކޮށްފައި ވާހަކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން މިހެން ވިދާޅުވީ ރޭދަންވަރު ކުރެއްވި ޓްވީޓެއްގައެވެ.

އެޓްވީޓްގައި ވިދާޅުވެފައިވަނީ، މުޖްތަމައު ތެރޭގައި ބިރުވެރިކަން އުފެދޭގޮތަށް މީހުންގެ ފުރާނަޔަށް ގެއްލުން ދިނުމަށާއި އަނިޔާވެރި އަމަލުތައް ހިންގުމަށް ގޮވާލާ، ޓެރެރިސްޓް ޖަމާއަތް ތަކުގެ ނިޝާންތަކާއި ލިޔެކިޔުންތައް ސޯޝަލް މީޑިއަގައި ޕޯސްޓްކޮށް ހަމަކުރަމުންދިޔަ 27 އަހަރުގެ ފިރިހެނަކު ރޭ ފުލުހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެހެން ނަމަވެސް މިކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައި ނުވެއެވެ.

އެންމެ ފަހުން ޓެރަރިޒަމްގެ ގާނޫނަށް ގެނައި އިސްލާހުތަކުގައި ވާގޮތުން ޓެރަރިސްޓް ޖަމައާތަތްތަަކަށް ތާއީދުކޮށް، އެފަދަ ޖަމާއަތްތަށް ޕްރޮޕޯޓު ކުރުމަކީ ގާނޫނީ ބޮޑު ކުށެކެވެ.