English Edition
Dhivehi Edition

ބަންގްލަދޭޝް މީހެއްގެ އަތުން 2.9 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ. ކަސްޓަމްސް އިން ބުނީ އިއްޔެ ބަންގްލަދޭޝް އިން ރާއްޖެއައި އެ މީހާގެ އަތުން އަތުލައިގަނެފައިވަނީ 2.9 މިލިއަން ރުފިޔާގެ ކެނެބިސް ކަމަށެވެ.

އިއްޔެ ރާއްޖެއައި އުމުރުން 36 އަހަރުގެ ބަންގްލަދޭޝް ފިރިހެން މީހާ އާއި މެދު ޝައްކު ކުރެވިގެން އޭނާ ބަލާފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތި އަތުލައިގަނެފައިވަނީ އޭނާގެ ލަގެޖުން ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

ކަސްޓަމްސް އިން ބުނީ އިއްޔެ އަތުލައިގަތް މަސްތުވާތަކެތީގެ ބަރުދަނުގައި 3.69 ކިލޯ ހުންނާނެ ކަމަށާއި މިތަކެތީގެ މަގުމަތީ އަގު 2,948,000.00 (ދެ މިލިއަން ނުވަލައްކަ ސާޅީސް އަށް ހާސް) ރުފިޔާއަށް އަރާނެ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

ފުލުހުން މިހާރު މި މައްސަލަ ބަލަމުންދާއިރު ކަސްޓަމްސް އިން ވަނީ މިއަހަރުގެ މިހާތަނަށް 28.49 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައެވެ.