English Edition
Dhivehi Edition

ބްލޮގާ އަދި ސޯޝަލް މީޑިއާ އެކްޓިވިސްޓް ޔާމީން ރަޝީދު މަރާލި މައްސަލާގައި އިތުރު މީހަކު ހައްޔަރުކޮށްފި އެވެ. މައުލޫމާތު ލިބޭ ގޮތުގައި އެ މައްސަލައާއި ގުޅިގެން އިތުރު މީހަކު ހައްޔަރުކޮށްފައިވަނީ ރޭގެ ވަގުތެއްގައެވެ. މިކަމާ ގުޅިގެން ފުލުހުން ރަސްމީކޮށް އެއްވެސް އެއްޗެއް ނުބުނެ އެވެ. ފުލުހުން ހައްޔަރު ކުރި މީހާއަކީ އުމުރުން 22 އަހަރުގެ ޒުވާނެއް ކަމަށް މައުލޫމާތު ލިބެ އެވެ. ނަމަވެސް އެމީހާއަކީ އެ މަރުގައި ކޮން ގޮތަކުން ބައިވެރިވި މީހެއް ކަމެއް ސާފެއް ނުވެ އެވެ. ޔާމީން މަރާލި މައްސަލައާއި ގުޅިގެން ރޭ މީހަކު ހައްޔަރު ކުރި އިރު، އެ މައްސަލައާއި ގުޅިގެން މިމަހުގެ އެއްވަނަ ދުވަހު ވެސްވަނީ މީހަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު 15 ދުވަހަށް އިތުރުކޮށްފައެވެ. މައުލޫމާތު ލިބޭ ގޮތުގައި އެމީހާއަކީ އެ ރޭ ޔާމީން ރަޝީދަށް ފާރަލަމުން ދިޔަ މީހާ އެވެ.