English Edition
Dhivehi Edition

ތޫނު އެއްޗަކުން ޙަމަލާދީ މަރާލާފައި އޮއްވައި ފެނުނު އައްޑޫސިޓީ ފޭދޫ ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް ކުރިމިނަލް ކޯޓުން އިތުރުކޮށްފިއެވެ. ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ ތުހުމަތުގައި އިއްޔެ ހައްޔަރުކުރި މިހާ ހައްޔަރުކޮށްފައިވަނީ ޔާމީން ރަޝީދު މަރާލާފައި އޮއްވައި ފެނެނު, އޭނާ ދިރިއުޅޭ ގެ ހުންނަ ސަރަޙައްދުގެ ގެއަކުންނެވެ. ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި ހައްޔަރުކުރި މީހާ ދިރިއުޅޭ ގެވެސް ފުލުހުން ބަލައި ފާސްކޮށްފައިވެއެވެ.މައުލޫމާތު ލިބޭގޮތުގައި އެ ގެ ބަލައި ފާސްކުރުމަށް ކޯޓުން ނެރުއްވި އަމުރުގައި ވަނީ މިދިޔަ މަހުގެ ތޭވީސްވަނަ ދުވަހުގެ ރޭ ޔާމީން ރަޝީދުގެ ފަހަތުން އޭނައަށް ފާރަލުންގޮސް އޭނާ ދިރިއުޅޭ މ.ސްޕެޓިއުލާ ތެރެއަށް ވަނުމުން ޔާމީން ހިފަހައްޓާ އޭނާއަށް ތޫނު އެއްޗަކުން ޙަމަލާދިނުމުގެ ސަބަބުން ޔާމީން ރަޝީދު މަރުވެފައިވާތީ މައްސަލައާއި ގުޅުން ހުރި ހެއްކާއި ޤަރީނާ ހޯދުމަށްކަމަށެވެ. މި މައްސަލާގައި ފުލުހުން އަދި ވަކިއެއްޗެއް ވިދާޅުފައެއް ނުވެއެވެ.