ދިރާގުގެ މޮބައިލް ނެޓްވޯކަށް ދިމާވި މައްސަލަ ހައްލުކޮށްފި
4 މަސް ކުރިން
އަޙްމަދު

ދިރާގުގެ މޮބައިލް ނަންބަރުތަކަށް ގުޅުމަށާއި ޑޭޓާ ބޭނުން ކުރުމުގައި ދިމާވި މައްސަލަތައް ހައްލު ކޮށްފި އެވެ.

ދިރާގުން ބުނީ، ރޭ ފަތިހުން ފެށިގެން ދިމާވި މިމައްސަލައާ ގުޅިގެން އެ ކުންފުނީގެ މޮބައިލް ކަސްޓަމަރުންނަށް ގުޅުމާއި ޑޭޓާ ލިބުމުގައި ދަތިތަކެއް ކުރިމަތިވި ކަމަށެވެ.

Advt

Advertisement

މި މައްސަލަ ދިމާވެފައި ވަނީ ރޭ ފަތިހުން ފެށިގެންނެވެ.  މައްސަލަ ދިމާވި ވަގުތު ދިރާގުގެ ނަމްބަރުތަކަށް ފޯން ކުރުމުން މެސެޖެއް އަޑުއިވެއެވެ. އެމެސެޖްގައި ބުނަނީ ފޯނުތަކަށް ގުޅުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

ދިރާގުން ބުނީ، ކުއްލި ގޮތަކަށް ދިމާވި މިމައްސަލަ މިހާރު މުޅިން ހައްލު ކޮށްފައިވާ ކަމަށާއި އަދި މިކަމުގައި ކަސްޓަމަރުންނަށް ދިމާވި ދަތިތަކަށްޓަކައި ނިހާޔަތައް މާފަށް އެދޭ ކަމަށެވެ. އަދި މިހާރު ކުރިއެކޭ އެއްގޮތައް ހިދުމަތް ކަސްޓަމަރުންނަށް ލިބެމުން ދާނެ ކަމަށް ވެސް ދިރާގުން މައުލުމާތު ދެއެވެ.