English Edition
Dhivehi Edition

ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ހެނދުނުގެ ނާސްތާ ޕްރޮގްރާމް މާދާމާ ފެށޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ހާމާ ކުރާ ގޮތުގައި 188 ސްކޫލެއްގައި މާދާމާ، އަންގާރަ ދުވަހު ހެނދުނު ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ހެނދުނުގެ ނާސްތާ ޕްރޮގްރާމް ރަސްމީކޮށް އިފްތިތާހް ކުރެވިގެންދާނެ ކަމަށެވެ.

ރާއްޖޭގެ 213 ސްކޫލުގެ ތެރެއިން މި އަހަރުގެ ފުރަތަމަ ޓާރމްގައި ނާސްތާ ޕްރޮގްރާމް ފަށާފައި ވަނީ 25 ސްކޫލެއްގައެވެ. އޭރު ސަރުކާރުން 25 ސްކޫލެއްގައި ނާސްތާ ޕްރޮގްރާމްގައި ފަށާފައި ވަނީ އަޖުމަ ބެލުމުގެ ގޮތުން ޕައިލެޓް ޕްރޮގްރާމެއްގެ ގޮތުގައެވެ. ތަޖްރިބާއަށް ބެލުމަށް ފަހު ދެ ވަނަ ޓާރމްގައި ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ހެދުނުގެ ނާސްތާގެ ޕްރޮގްރާމް ފަށާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ޔުނިސެފްގެ އެހީއާ އެކު މިނިސްޓްރީން ވަނީ ނާސްތާއަށް 10 މެނޫއެއް ވެސް ތައްޔާރުކޮށްފައެވެ. އޭގެ ތެރޭގައި ރޮއްޓާއި ބިސްގަނޑާއި ކިރާއި ތަރުކާރީ މަސްހުންޏާއި ބަރަބޯ މަސްހުންޏާއި ސޭންޑްވިޗް ފަދަ ތަކެތި ހިމެނެ އެވެ. ދަރިވަރުންނަށް ކޮންމެ ދުވަހަކު ވެސް އޭގެ ތެރެއިން ތިން މެނޫއެއް އޮންނާނެ އެވެ. ފުރަތަމަ ޓާރމް ނިމުމުގެ ކުރިން ނާސްތާ ޕްރޮގްރާމާއި ބެހޭ މަޢުލޫމާތު ބެލެނިވެރިންނާއި ޙިއްޞާ ކޮށްފައެވެ..ސްކޫލް ތަކުންވަނީ

ދަރިވަރުންނަށް ނާސްތާ ދިނުމަށް މިއަހަރުގެ ބަޖެޓުގައި 50 މިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ. މިއީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ވަޢުދު ތަކުގެ ތެރެއިން އެއް ވަޢުދެވެ.

.