English Edition
Dhivehi Edition

ސުލޫކީ މިންގަނޑާއި ހިލާފުވި ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މައްސަލަ ބަލައިދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި އެދިވަޑައިގެންފިއެވެ.

މަޖިލީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަިއ މަޖިލީހުގެ އަމީން އާއްމު އަލްއުސްތާޛާ ފާޠިމަތު ލިއުޝާ ވިދާޅުވީ ޖޭއެސްސީއަށް ހުށަހެޅި އެއް މައްސަލަ އަކީ ,ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި ހިލާފްވެފައިވާ މައްސަލައެވެ.މިކަމުގެ އިތުރު އެއްވެސް ތަފްޞީލެއް މަޖިލިހުން ހާމަކޮށްފައި ނުވެއެވެ.

” މީގެ އިތުރުން ޖޭއެސްސީއިން ބަލާ މައްސަލަތައް މިހާރު ގޮސްފައިވާ ހިސާބާއި، ބަލަމުންދާ މައްސަލަތައް އާންމުންނަށް، މީޑިއާމެދުވެރިކޮށް އެނގޭނެހެން ހާމަކުރުމުގެ މައްސަލައެއް ވެސް ފޮނުއްވި” ލިއުޝާ ވިދާޅުވިއެވެ.

މިއަދު މިބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމަކީ، މަޖިލިސް އިދާރާގައި ކުރަމުންދާމަސައްކަތް ހަފްތާއަކު ދެފަހަރު މީޑިއާތަކާއި ޙިއްޞާ ކުރުމަށް ހަަމަޖެހިފައިވާ އުޞޫލުގެ ދަށުން ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެކެވެ.