English Edition
Dhivehi Edition

ލިޔުނީ ޝަފްޤާ

ސިކުނޑީގެ ނުކުޅެދުންތެރިކަމެއް ހުންނަ މީހަކަށް ބަޔަކު އަނިޔާކުރާ މައްސަލައެއް ޖެންޑާ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފިއެވެ.

އެނގިފައިވާ ގޮތުގައި ސިކުނޑީގެ ނުކުޅެދުންތެރިކަމެއް ހުންނަ އެމީހާއަކީ ށ. ފޭދޫ މީހެކެވެ.

އެމީހާ ހޮޅިދަނޑިއެއްގައި އައްސާ ފުރައްސާރަކުރާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާތީ ޖެންޑާ މިނިސްޓްރީގެ ސަމާލުކަމަށް އައިސް އެމީހާ ދައުލަތުގެ ބެލުމުގެ ދަށަށް ނެގުމުގެ މަސައްކަތް އެނިސްޓްރީން ކުރަން ފަށައިފިއެވެ .

އެ އަންހެން މީހާގެ ފިރިމީހާ އަކީ ވެސް ހާއްސަ އެހީ އަށް ބޭނުންވާ މީހެކެވެ .އަދި އެ ދެ މީހުންނަށް ހަ ދަރިން ލިބިފައިވެއެވެ. އެ މީހުންގެ އާއިލާ މީހުން ތިބި ނަމަވެސް، އޭނާ އަށް އަޅާ ނުލާ ކަމަށް އެރަށު ކައުންސިލަރު ވިދާޅުވި އެވެ. އަދި މީގެ ކުރިން ވެސް އެތައް ފަހަރަކު ވާނީ ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް އެ މީހުންގެ ހާލަތު ބަޔާންކޮށް ސިޓީތައް ފޮނުވާފައި ކަމަށް ކައުންސިލަރު ވިދާޅުވި އެވެ .

ޖެންޑާ މިނިސްޓްރީގެ ސަމާލުކަމަށް އެ މައްސަލަ އައިސް، އޭނާ ދައުލަތުގެ ބެލުމުގެ ދަށަށް ނަގަން މަސައްކަތް ކުރާއިރު އެފަދަ މައްސަލައެއް މިހާތަނަށް ފުލުހުންނަށް ހުށަހެޅިފައި ނުވާ ކަމަށް ފުލުހުން ބުނެ އެވެ.