ތުރުކީގައި ހުންނަ ކޮންސިއުލޭޓަށް ނޫސްވެރިޔާ ޖަމާލް ހަޝޯގީ ވަނުމާއެކު ކަރުގައި ހިފާ މަރާލާފައިވާ ކަމަށް ތުރުކީން އެއްބަސްވެފައި ވަނިކޮށް އޭނަގެ ހަށިގަނޑު ކޮށާލައިގެން ދަބަސްތަކެއްގައި ކޮންސިއުލޭޓު ތެރެއިން ނެރެނިކޮށްކަމަށް ބެލެވޭ ވީޑިއޯއެއް އާންމުކޮށްފި އެވެ.
ޖަމާލް ޚާޝުގްޖީގެ ހަށިގަނޑު ކޮށާލައި، ދަބަސްތަކެއްގައި ކޮންސިއުލޭޓު ތެރެއިން ނެރޭ މަންޒަރު ކަމަށް ބެލެވޭ ވީޑިއޯގެ ސްކްރީންޝޮޓެއް
މީޑިއާތަކުން ތުހުމަތު ކުރާގޮތުގައި ވީޑިއޯއިން ފެންނަ ދަބަސްތަކުގައި ބަޔަކު ނެރެމުންގެންދިޔައީ ނޫސްވެރިޔާގެ ކޮށާލާފައިވާ ހަށިގަނޑުގެ ބައިތަކެވެ.
ހަޝޯގީ އަކީ ސައުދީ ޝާހީ އާއިލާއާއި ގާތްގުޅުމެއް އޮތް ބޭފުޅެކެވެ. އެގޮތުން ސައުދީ ޝާހީ އާއިލާއިން އުސާމާބިންލާދިން އާއެކު ކުރަންޖެހޭ މުއާމަލާތްތައްވެސް ކޮށްފައި ވަނީ ހަޝޯގީ މެދުވެރިކޮށްގެނެވެ.
ހަޝޯގީ މަރާލިއިރު އޭނާ ދިރިއުޅެމުންދިޔައީ ތުރުކީގައެވެ. އަދި އޭރު އޭނާ ދިޔައީ ތުރުކީގެ ހަދީޖާ ނަމަކަށް ކިޔާ އަންހެނާ ކައިވެނިކުރުމަށް ތައްޔާރުވަމުންނެވެ.
އޮކްޓުބަރު މަހުގެ 2 ވަނަ ދުވަހު ހަޝޯގީ ސައުދީ އެމްބަސީއަށް ދިޔައީ އޭނާގެ ލޯބިވެރިއާއާއި ކައިވެނި ކުރުމަށް ބޭނުންވާ ބައެއް ލިއުންތައް ހޯދުމަށެވެ. ނަމަވެސް އޭގެ ފަހުން އޭނާގެ ހަބަރެއް ނުވެއެވެ. ފުރަތަމަ ސައުދީން ބުނީ އޭނާ ކޮންސިއުލޭޓުން ނުކުމެގެން ދިޔަ ކަމަށެވެ. ތުރުކީން އެ މައްސަލަ ތަހްގީގު ފެށުމުން ސައުދީން ވަނީ ހަޝޯގީ މަރާލި ކަމަށް އެއްބަސްވެފައެވެ.