English Edition
Dhivehi Edition
Woman shooting dangerous selfie with city view

ފާއިތުވި ހަ އަހަރު ދުވަހު، ސެލްފީ ނަގަން އުޅުމުގެ ތެރޭގައި 259 މީހުން މަރުވެފައިވާކަމަށް ދިރާސާ ކުރާ ފަރާތްތަކުން ބުނެފިއެވެ

އިންޑިއާގެ ނިއުދިއްލީގެ އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސްއިން ބުނެފައިވަނީ އޮކްޓޯބަރ 2011 އިން ނޮވެމްބަރ 2017 ގެ ނިޔަލަށް ސެލްފީ ނަގަން އުޅުމުގެ ތެރޭގައި 259 މީހުން މަރުވެފައިވާ ކަމަށާއި މި ފަދަ ހާދިސާތަކުގައި މަރުވާ މީހުންގެ އަދަދު އެއް އަހަރުން އަނެއް އަހަރަށް އިތުރުވަމުން އަންނަކަމަށެވެ

ދިރާސާއިން ދައްކާ ގޮތުގައި ސެލްފީ ނަގަން އުޅުމުގެ ތެރޭގައި އެންމެ ގިނަ މީހުން މަރުވެފައިވަނީ އިންޑިއާގައެވެ. މީގެ އިތުރުން ރަޝިޔާ. ޕާކިސްތާން އަދި ޔުނައިޓެޑް ސްޓޭޓްސްގައިވެސް ވަނީ ސެލްފީ ނަގަން އުޅުމުގެ ތެރޭގައި ގިނަ އަދަދެއްގެ ބަޔަކު މަރުވެފައެވެ

މި ދިރާސާއިން ދައްކާ ގޮތުން ސެލްފީ ނަގަން އުޅުމުގެ ތެރޭގައި އެންމެ ގިނަ މީހުން މަރުވެފައިވަނީ އުސް އިމާރާތްތަކުގެ މަތިން ވެއްޓުމާއި، ފަރުބަދަމަތީގެ އުސް ހިސާބުތަކުން ވެއްޓުމާއި، އެއްގަމު އުޅަދުތަކަށް ނުބަލާ ސެލްފީ ނަގަން އުޅުމުގެ ތެރެއިންނެވެ. މީގެ އިތުރުން ސެލްފީ ނަގަން އުޅޭ މީހުން ކޯރުތަކަށް ވެއްޓި މަރުވުމާއި، ޖަނަވާރުންގެ ހަމަލާތަކުގެ ސަބަބުން މަރުވާ ކަމަށްވެސް މި ދިރާސާގައި ވަނީ ފާހަގަކޮށްފައެވެ

ސެލްފީ ނެގުމުގެ ތެރޭގައި މަރުވާ މީހުންގެ އަދަދު ގިނަ ވަމުންދާއިރު މިކަމަށް ހައްލު ހޯދުމުގެ ގޮތުން ސެލްފީ ނެގުން މަނާ ސަރަހައްދުތައްވެސް ވަނީ ބައެއް ގައުމުތަކުގައި ކަނޑައަޅާފައެވެ. މި އަހަރު އެކަނިވެސް ސެލްފީ ނަގަން އުޅުމުގެ ތެރޭގައި ފަސް މީހުންނަށްވުރެ ގިނައިން މީހުން މަރުވެފައިވާކަމަށް ދިރާސާކުރާ ފަރާތްތަކުން ވަނީ ބުނެފައެވެ. މި އަހަރު ސެލްފީ ނެގުމުގެ ތެރޭގައި މަރުވެފައިވާ މީހުންގެ ޖުމްލަ އަދަދު އަދި ޔާގީންވެފައިނުވާއިރު މިހާތަނަށް ފަސް މީހެއްގެ މަރާއި ބެހޭ މައުލޫމާތުވަނީ އެއްކުރެވިފައެވެ

ޓެގު