English Edition
Dhivehi Edition

ލޯބިވެރިއެއް ނޫނީ އެކުވެރިއެއް ހިޔާރު ކުރާއިރު ޑިސެމްބަރު މަހު އުފަންވެފައިވާ މީހަކު ހިޔާރުކުރުން މުހިންމެވެ. ދިރާސާތަކުން ދައްކާގޮތުގައި ލޯބިވެރިންގެ ލިސްޓްގައިވެސް އެކުވެރިންގެ ލިސްޓްގައި ވެސް އެންމެ ކާމިޔާބު ތެދުވެރި ވަފާތެރި މީހުން އުފަންވެފައި ވަނީ ޑިސެމްބަރ މަހުގައެވެ.

މިދިރާސާގައި ބުނެފައިވާގޮތުގައި ޑިސެމްބަރ މަހު އުފަންވެފައި ވާމީހުން އެމީހުންގެ އެކުވެރިޔާ އަށް ނޫނީ ހަޔާތުގެ ބައިވެރިޔާއަށް ވަރަށް ރަނގަޅެވެ. އެގޮތުން ބައިވެރިޔާ އުފާކުރުމަށްޓަކައި ކޮންމެފަދަ ކަމެއްވެސް ކުރަން އެމީހުން ޖެހިލުން ނުވާކަމަށް ވެއެވެ. ލޯބި ވުމަށްފަހު ލޯބިވެރިޔާ ގެއަބުރާއި އިއްޒަތް ދެމެހެއްޓުމުގައި މިމީހުންނަކީ ލާމިސާލު ބައެއްކަމަށް ވެއެވެ.

ލޯބިވެރިޔާ ނުވަތަ އެކުވެރިޔާ އުފާކުރުމަށްޓަކައި ތަންތަނަށް ދިޔުމާއި އެކީ ވަގުތު ހޭދަކުރުމަކީ މިމީހުން އެންމެ އިސްކަމެއް ދޭއެއްކަމެވެ. ބައިވެރިޔާ އަށް ތެދުވެރިވުމުގެ ގޮތުން ކޮންމެ ވާހަކައެއް ދެއްކިކަމުގައި ވިޔަސް މިމީހުން އަބަދުވެސް ތެދުބުނުމަށް އިސްކަންދެއެވެ.

ކޮންމެ ގަޑިއެއްގައި އެކަކު އަނެކަކު ގެ ބޭނުން ޖެހުނު ކަމުގައި ވިޔަސް މިމީހުން ބައިވެރިޔާއަށް ގުރުބާނީ ތައްވާން ތިބެނީ ތައްޔާރަށެވެ. އަދި ދިރިއުޅުމުގެ ހުރިހާކަމެއް އެންމެ ފުރިހަމައަށް ރާވާ ބައިވެރިޔާ ހިތްދަތި ވެދާނެ އެއްވެސް ކަމެއް މެދުވެރި ނުވާނޭހެން ދިރިއުޅުން ރޭވުމުގެ އެންމެ އިސްސަފުގައި ވެސް ތިބެނީ ޑިސެމްބަރު މަހު އުފަންވެފައިވާ މީހުންނެވެ.

ޑިސެމްބަރު މަހުގައި އުފަންވެފައިވާ މީހުންގެ މިހުރިހާ ކަމެއް ފުރިހަމަވިޔަށް ބައިވެރިޔަކު ހޯދާއިރު ހަނދާން ކޮށްލަންޖެހޭ ވަރަށް ބޮޑު ހަގީގަތެއް އެބައޮތެވެ. މި ބައިވެރިންނަކީ ބޯހަރު ބައެއްކަމަށް ދިރާސާގައި ބުނެފައި ވެއެވެ. އެހެން ކަމުން އެއްވެސް ކަމެއް އޮޅުވާލައިފިއްޔާ މިބައިވެރިން ދެވަނަ ފުރުސަތެއް ނުދޭނެކަމަން ހަނދާކުރަންވާނެއެވެ. އެހެންވީމާ ޑިސެމްބަރ މަހުގެ ބައިވެރިޔަކު އިހްތިޔާރު ކުރާއިރު އެބައިވެރިޔާ އަށް ވަފާތެރިވުން ވަރަށް މުހިންމެވެ.