English Edition
Dhivehi Edition

ޒިމްބާބުވޭގެ ކުރީގެ ރައީސް ރޮބަޓް މުގާބޭގެ އަނބިކަނބަލުން ގްރޭސް މުގާބޭ ހައްޔަރުކުރުމަށް އަމުރެއް ނެރެފިއެވެ

ދެކުނު އެފްރިކާގެ ކޯޓަކުން ގްރޭސް މުގާބޭ ހައްޔަރުކުރުމަށް އަމުރެއް ނެރެފައިވަނީ އެކަމަށް ފުލުހުން ދެކުނު އެފްރިކާގެ ކޯޓެއްގައި އެދުމާއި ގުޅިގެންނެވެ. މުގާބޭ އަށް ފަހު ޒިމްބާބުވޭގެ ވެރިކަމަށް ވަޑައިގަތުމަށް ތައްޔާރުވަމުން ދިޔަ ގްރޭސްހައްޔަރުކުރަން ކޯޓުން އަމުރު މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ނެރެފައިވާކަން ކަށަވަރުކޮށްދެމުން ފުލުހުންގެ ތަރުޖަމާނު ވިޝްނޫ ނައިދޫ ވިދާޅުވީ ގްރޭސް ހައްޔަރުކުރަން އިންޓަރޕޯލްގެ އެހީތެރިކަން ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ

ގްރޭސް މުގާބޭ ހައްޔަރުކުރަން އަމުރު ނެރެފައިވަނީ، މިދިޔަ އަހަރު އެކަމަނާ ބޭސްފަރުވާއަކަށް ޖޮހަނަސްބާގަށް ވަޑައިގެން އުޅުއްވުމުގެ ތެރޭގައި ޖޮހޮނަސްބާގުގައި މޮޑެލް އެއްކަމަށްވާ ގެބްރިއެލާ އެންޖެލްސް ހަމަލާދެއްވި ކަމުގެ ކުށުގައެވެ. ގްރޭސްގެ ހަމަލާގެ ސަބަބުން ގެބްރިއެލާގެ ތްކުރި ފަޅައިގެންގޮސް މޫނަށް ޒަޚަމްތަކެއް ލިބިފައިވާއިރު އޭރު ދެކުނު އެފްރިކާ ސަރުކާރުން ގްރޭސް މުގާބޭއަށް ސިޔާސީ ހިމާޔަތް ދީފައިއޮތުމުން އޭނާއާއި މެދު ފިޔަވަޅެއް އެޅޭ ގޮތެއް ވަނީ ނުވެފައެވެ