English Edition
Dhivehi Edition

ޕްރިންކާ ޗޯޕްޅާއާއި ނިކް ޖޯންސްގެ ކައިވެނީގެ ފުރަތަމަ ފޮޓޯތައްވެސް މުޅި އިންޓަރނެޓް ހިސޯރުކޮށް އެތައްބައެއްގެ ހިތް އެދިމާލަކަށް ދަމައިގަތެވެ.

މަޝްހޫރު ދެ ތަރިންކަމަށްވާ ޕްރިޔަންކާ ޗޯޕްޅާ އާއި ނިކް ޖޯންސް ނުވަތަ މަޝްހޫރު ނަމުންނަމަ “ނިކްޔަންކާ” ވަނީ ނަސޯރާއިން ކުރާ ގޮތަށާއި ހިންދޫއިން ކުރާ ގޮތަށް ކައިވެނިކުރަން ނިންމާފައެވެ. މި ދެ ތަރިން މި ގޮތަށް ކަންތައް ކުރަން ނިންމީ ނިކް ޖޯންސް އަކީ ނަސާރާއެއް، އަދި ޕްރިޔަންކާ އަކީ ހިންދޫ މީހަކަށް ވުމުންނެވެ.

މިދެ ކައިވެނީގެ ރަސްމިއްޔާތަށްވެސް ތަފާތު ދެ ހެދުމެއް ބޭނުންކޮށްފައިވެއެވެ.ރަލްފް ލައުރެން ބުނާގޮތުން އޭނާ ޕްރިޔަންކާގެ ވެޑިން ޑްރެސް ފަރުމާކޮށް ނިންމަން 1826 ގަޑިއިރު ހޭދަކޮށްފައިވެއެވެ.އަދި މި ވެޑިން ޑްރެސް އަކީ ޕްރިޔަންކާ ވަރަށް ގަޔާވާ ހެދުމަކަށް ވަނީވެފައެވެ.އެއީ ޕްރިންޔަންކާ އާއި ނިކް ފުރަތަމަ ބައްދަލުވި ދުވަހު، މެޓް ގާލާ 2017 ގައިވެސް ޕްރިންކާ ލައިގެން ހުރީ ލައުރެން ފަރުމާ ކުރި ހެދުމެކެވެ.

މިހާރު މިދެތަރީން ވަނީ ދިއްލީއަށް ދާން ފުރާފައެވެ.އަދި ދިއްލީގައި ބާއްވާ ކައިވެނީގައި އިންޑިޔާގެ ޕްރައިމް މިނިސްޓަރ މޯދީވެސް ބައިވެރިވަޑައިގަންނަވާނޭ ކަމުގެ ހަބަރުތަކެއްވެސް ވަނީ ފެތުރިފައެވެ.