English Edition
Dhivehi Edition

ރާއްޖޭގައި މަސައްކަތްކުރަން ގެނެސްފައިތިބޭ ބިދޭސީން ފިލައިގެންގޮސް އެކިތަންތާ މަސައްކަތްކޮށް ރާއްޖޭގައި ދިރިއުޅޭ މައްސަލަ ވަނީ ވަރަށްބޮޑުވެފައެވެ.މިގޮތުން އެންމެ ގިނައިން ފިލައިގެން މިގޮތަށް އުޅެނީ ބަންގްލަދޭޝުން ރާއްޖެއަށް ގެނެސްފައިތިބޭ ބިދޭސީންނެވެ.މިހާތަނަށްވެސް ސަރުކާރުން މިކަން ހުއްޓުވަން މާބޮޑު ފިޔަވަޅެއް އަޅާފައިނުވާއިރު ހުޅުހެންވޭރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ރީކޯ މޫސާ މިވަނީ މިކަން ހުއްޓުވަން މަޖިލީހަށް ޤާނޫނަށް އިސްލާހެއް ހުށައަޅާފައެވެ.

މެމްބަރު މޫސަ އިމިގްރޭޝަން ޤާނޫނަށް ހުށަހެޅުއްވި އެ އިސްލާހުގައިވާ ގޮތުން، ރާއްޖެއިން ބޭރުން މަސައްކަތަށް ގެނަސްފައިވާ ބިދޭސީއަކު ފިލައިގެން ގޮސްފި ނަމަ އެ މީހާ އާއި އެ މީހާ ވަގަށް ގެން ދިޔަ މީހާ އާއި އެކަމަށް އެހީވި މީހާ ވެސް އެއް އަހަރަށް ޖަލަށް ލައި ފަސް ލައްކަ އާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.

މިމައްސަލައަށް މޫސަގެ ސަމާލުކަން ލިބުނީ މޫސަގެ ކުންފުންޏަކަށް ގެނައި ބިދޭސީންތަކެއްގެ ތެރެއިން ތިން މީހަކު އެޗްއައިވީ އަށް ޕޮޒިޓްވެގެން ފޮނުވާލަން ގެންދިއުމުން އޭގެ ތެރެއިން ދެ މީހަކު ފިލާފައިވާ ދަނޑިވަޅެއްގައެވެ.