English Edition
Dhivehi Edition

ލޮލީޕޮޕް ވިއްކައިގެން އުމުރުން އެންމެ 13 އަހަރުގައި އެލީނާ މޯސް ވަނީ މިލިއަނަރަކަށްވެފައެވެ.

އެމެރިކާއަށް އުފަން އެލީނާ ބުނެފައިވަނީ އޭނައަށް މި ވިޔާފާރީގެ ތެރެއަށް ވަދެވުނީ އެއްދުވަހަކު އޭނަގެ ބައްޕައާއެކު ބޭންކަށް ގޮސް ހުއްޓާ މީހަކު އޭނައަށް ލޮލީޕޮޕެއް ދިނުމުންކަމަށެވެ. އެލީނާ ބުނީ އެވަގުތު އޭނަގެ ބައްޕަ އޭނައާއި ދިމާއަށް ލޮލީޕޮޕް ކެއީމަ ދަތް ހަލާކު ވެދާނެ ކަމަށް ބުނިކަމަށެވެ. އެހެންކަމުން އޭރު އުމުރުން 07 އަހަރުގައިވެސް އެލީނާ ވިސްނީ އޭނައަށް ވެސް ހަށިގަނޑަށް ފައިދާހުރި ނުވަތަ ދަތް ހަލާކު ނުވާ ކަހަލަ ލޮލީޕޮޕް އަމިއްލައަށް އުފައްދާ ވިއްކުމުގެ ވިޔަފާރިއެއް ފެށިދާނެ ކަމަށެވެ.

އެހެންކަމުން އޭނަ ވަނީ ދަތްތަކަށް ގެއްލުން ނުވާކަހަލަ ހަށިގަނޑަށް ފައިދާ ހުރި ލޮލީޕޮޕް އުފައްދާނެ ގޮތެއް ހޯދަން ދެއަހަރު ވަންދެން ރީސާޗެއް ހަދާފައެވެ. އެގޮތުން އޭނަވަނީ މިމަސައްކަތް ފެށުމުގެ ކުރިން އެކި އެކި ޑެންޓިސްޓުންނާވެސް މަޝްވަރާކޮށްފައެވެ.

އެލީނާގެ ބައްޕަ ވަނީ އޭނަގެ ދަރިފުޅުގެ ހުވަފެން ހަގީގަތަކަށް ހެދުމަށްޓަކައި ލޮލީޕޮޕް އުފައްދާ ފެކްޓްރީއެއް އިމާރާތްކޮށްދީފައެވެ. އެފެކްޓްރީގައި ތައްޔާރު ކުރަނީ ތާފާތު އެކި ފްލެވާގެ ޝުގަރ ފްރީ ލޮލީޕޮޕެވެ. އެލީނާގެ އެ އުފެއްދުމަށް ދީފައިވާ ނަމަކީ “ޒޮލީޕޮޕް” އެވެ.

ހުރިހާ ރީސާޗަކަށްފަހު އެލީނާގެ ބައްޕަގެ އެހީތެރިކަމާއެކު އޭނަވަނީ އުމުރުން 9 އަހަރުގައި ޝުގަރ ފްރީ ލޮލީޕޮޕްގެ ފުރަތަމަ ޝިޕްމެންޓް ވިޔަފާރި ކުރާބަޔަކަށް ހަވާލުކޮށްފައެވެ. އެލީނާގެ ފުރަތަމަ އުފެއްދުންވެސް ވަރަށް ކާމިޔާބެވެ. އެހެންކަމުން އިތުރު ހިތްވަރާކާއެކު މިއަދު އެލީނާ ދަނީ2700 ވިޔަފާރި ވެރިންނަށް ލޮލީޕްޕް ވިއްކަމުންނެވެ. އަދި އޭގެ އިތުރުން މަޝްހޫރު އޮންލައިން ޝޮޕިންގ ސައިޓެއްކަމަށްވާ އެމޭޒަން ގައިވެސް ކާމިޔާބު ކަމާއެކީ އޭނަގެ ޒޮލީޕޮޕްތައް ވިއްކަމުންދެއެވެ. ލޮލީޕޮޕް ވިއްކައިގެން މިލިއަނަރަކަށްވެފައި ވާ އެލީނާ މޯސް އަކީ މިއަދު އެމޭޒަންގެ ނަންބަރ ވަން ސެލާއެކެވެ

އެލީނާ ބުނެފައިވާ ގޮތުގައި އޭނަގެ ސްކޫލް ކަންތައް ނިންމާލާފައި ވިޔަފާރީގެ ކަންތަކުގައި އޮފީހަށް ވަދެލާފައި އޮންނަ ކުޑަ ހުސްވަގުތުކޮޅު އޭނަ އެންމެ ކުރާހިތްވާ ކަމަކީ ފޮތްކިޔުމެވެ.