English Edition
Dhivehi Edition

އިންޑިއާގެ ޓީވީ އެކްޓްރެސް ހީނާ ހާން އޭނަގެ ލޯބިވެރިޔާ ރޮކީ ޖައިސްވަލް އާއެކު ރާއްޖޭގެ ރިސޯޓެއްކަމަށްވާ ޖުމެއިރާ ވިޓަވެލީގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ.

އުމުރުން 31 އަހަރުގެ ހީނާ ރާއްޖެ އައިސްފައިވަނީ ކޮންދުވަހަކު ކަމެއް ސާފުނުވެއެވެ. ނަމަވެސް އޭނަގެ އިންސްޓަގްރަމް ގައި ރާއްޖޭގެ ރީތި ރިސޯޓެއް ކަމަށްވާ ޖުމެއިރަގައި ޗުއްޓީ ހޭދަކުރަމުންދާ ވާހަކަ ފޭނުންނަށް ހިއްސާކޮށްފައިވަނީ މިއަދުގެ ހެނދުނު ގެ ވަގުތެއްގައެވެ.

މޫދުގައި ހަރުކޮށްފައިވާ އުނދޯޔެއްގައި އިށީންދެގެން އިންދާ ނަގާފައިވާ ފޮޓޯ އެއް ޝެއާ ކުރުމަށް ފަހު ހީނާ ބުނެފައިވަނީ ، އޭނައެރަށުގައި ހޭދަކުރާ ކޮންމެ ވަގުތަކީ އުފާވެރި ވަގުތެއް ކަމަށެވެ. މީގެ އިތުރުން ހީނާ ބުނެފައިވަނީ”އަހަންނަކީ ވޯޓާބޭބީ އެއް” ކަމަށެވެ.

މަޝްހޫރް ޑްރާމާ ސީރީޒް “ޔޭ ރިޝްތާކިޔާ ކެހެލާތާހޭ” އިން ބޮޑުތަރުހީބެއް ހޯދި ހީނާހާން މިވަގުތު ދަނީ މަޝްހޫރު ޕްރޮޑިއުސަރު އޭކްތާ ކަޕޫރްގެ ” ކަސޯޓީ ޒިންދަގީ ކޭ” ގެ ދެވަނަ ބައިގެ ކޮމޮލިކާގެ ރޯލު ކުޅެމުނެނެވެ. ކަސޯޓީ ޒިންދަކީ ކޭ ސިލްސިލާގެ ފުރަތަމަ ސީޒަން ދައްކާފައިވަނީ 2001 ވަނަ އަހަރުން ފެށިގެން 2008 ވަނަ އަހަރަށެވެ. އެ މުއްދަތުގައި 1423 އެޕިސޯޑު ދައްކާފައިވެއެވެެ.

ޓެގު