English Edition
Dhivehi Edition
ބަޑީގެ ހަމަލާއެއްގައި މަރާލާފައި ވާ ސެންޕެޑްރޯގެ އަންހެނެއް--

އިންޑިއާގެ ސްކޫލެއްގެ ޓީޗަރެއްގެ ގަޔަށް ބަޑިޖަހާ މަރާލައިފިއެވެ.

އިއްޔެ ހެނދުނުގެ ވަގުތެއްގައި ބަޑިޖަހާ މަރާލާފައިވަނީ ސުނީތާނަމަކަށް ކިޔާ 38 އަހަރުގެ އަންހެން ޓީޗަރެކެވެ.ހަތިޔާރު އަޅައިގެން ތިބި ބަޔަކު ސުނީތާ މަރާލީ އޭނާ ސްކޫލަށް ދާން ދިޔަ މަގުމަތީގައެވެ. ސުނީތާ މަރާލި ވަގުތަކީ އެސަރަހައްދުގައި ޓްރެފިކް ވަރަށް ބާރު ބޮޑު ވަގުތެކެވެ.

ފުލުހުންނަށް މިހާދިސާގެ ޙަބަރު ލިބުމާ އެކު ވަގުތުން އެސަރަހައްދަށް ގޮސް ސުނީތާ ހޮސްޕިޓަލަށް ގެންދިޔައެވެ. އަދި ފުލުހުންނަށް ދެވުނުއިރު ބަޑިޖެހިމީހާ ވަނީ އެސަރަހައްދުން ފިލާފައި ކަމަށް ފުލުހުން ބުންޏެވެ. ފުލުހުންނަށް ސުނީތާގެ މައުލޫމާތު ލިބުނީ ސުނީތާގެ އަތްދަބަސް ތެރެއިން ނެގި އައިޑީ ކާޑުން ނެވެ. އަދި ސުނީތާގެ ބޭބެގެ ނަންބަރުވެސް ފެނުމުން ސުނީތާގެ ބޭބެއަށް ގުޅާ މި ހާދިސާގެ މައުލޫމާތު ބޭބެއަށް ފުލުހުން ވަނީ ކިޔައިދީފައެވެ.

ހާދިސާ ހިނގި ސަރަހައްދުގައި ހުރެ ފުލުހުންނަށް ގުޅި މީހަކު ބުނީ ބަޑީގެ އަޑުއިވުމުން އޭނާ އެތަނަށް ދިޔަކަމަށާއި އެވަގުތު އަންހެނަކު ވެއްޓިފައި އޮތްތަން ފެނުނުކަމަށެވެ. އެހެންނަމަވެސް ބަޑިޖެހިމީހާ އެސަރަހައްދުން ފިލާފައިވާކަމަށްވެސް އޭނާ ބުންޏެވެ.

މިހާދިސާ މިހާރު އިތުރަށް ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ.