English Edition
Dhivehi Edition

ރައީސް ޔާމީނުގެ ފަހަތްޕުޅުގައި އަބަދުވެސް ހުންނާނެކަމަށް ޕީޕީއެމްގެ ނައިބް ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އަދުރޭ މިހެން ވިދާޅުވީ މިއަދު ސުޕްރީމް ކޯޓުން މިދިޔަ ރިޔާސީ އިންތިހާބުގެ ނަތީޖާ ސައްހަ ކަމަށް ހުކުމްކޮށްފައި ވަނިކޮށެވެ.

މިގޮތުން ސުޕްރީމް ކޯޓުން އިއްވި ހުކުމުގައި ވަނީ އިންތިހާބެއް ބާތިލް ކުރަން ޖެހޭނެ ފަދަ އެއްވެސް ހެއްކެއް ރައީސް އަބްދުﷲ ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައި ނުވާ ކަމަށާއި އިންތިހާބު ކާމިޔާބު ކުރެއްވި ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު އާއި ނާކާމިޔާބުވެ ވަޑައިގަތް އަބްދުﷲ ޔާމީންއާ ދެމެދު ވޯޓްގެ ފަރަގު ވަރަށް ބޮޑުކަމަށެވެ. އެހެން ކަމުން ރިޔާސީ އިންތިހާބު ބާތިލް ކުރަން ޖެހޭ ފަދަ ސަބަބެއް ނެތް ކަމަށް ވެސް ސުޕްރީމް ކޯޓްގެ ހުކުމުގައިވެ އެވެ.

އަދުރޭއަކީ މިދިޔަ ރިޔާސީ އިންތިޙާބުގައި ރައީސް ޔާމީނަށް ކެމްޕެއިން ކޮއްދިނުމުގައި ވަރަށް ކުރީގައި ހުންނެވި އެއްބޭފުޅެވެ.ސުޕްރީމް ކޯޓުން މިއަދު މި އިއްވި ހުކުމާއި ގުޅިގެން އަދުރޭ ކުރެއްވި ޓުވީޓްގައި ބުނީ”ދިވެހި ރާއްޖޭގެ ސިޔާސީ މަސްރަހު ކޮންމެ ގޮތަކަށް ބަދަލުވެގެން ދިޔަސް އަޅުގަނޑު ހުންނާނީ ރައީސް ޔާމީންގެ ފަހަތް ޕުޅުގައި ސާބިތުވެ.އަދި ޔާމީނަށްޓަކައި އަބަދުވެސް ފަހުރުވެރިވާނަން”ކަމަށެވެ.

ނަމަވެސް ފަސްފަނޑިޔާރުންގެ އިއްތިފާގުން މިއަދު ކުރި ހުކުމުގައި ބުނީ، އިންތިހާބެއް ބާތިލް ކުރަން ޖެހޭނެ ފަދަ ހެއްކެއް ރައީސް އަބްދުﷲ ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައި ނުވާ ކަމަށެވެ. އަދި އިންތިހާބު ކާމިޔާބު ކުރެއްވި ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު އާއި އަބްދުﷲ ޔާމީންއާ ދެމެދު ވޯޓްގެ ފަރަގު ވަރަށް ބޮޑުކަމަށެވެ. އެހެން ކަމުން ރިޔާސީ އިންތިހާބު ބާތިލް ކުރަން ޖެހޭ ފަދަ ސަބަބެއް ނެތް ކަމަށް ވެސް ސުޕްރީމް ކޯޓްގެ ހުކުމުގައިވެ އެވެ.