English Edition
Dhivehi Edition

ހައުސިން މިނިސްޓްރީގެ އައްޑޫގެ އެގްޒެކެޓިވް ކޯޑިނޭޓަރަކަށް ހުޅުމީދޫގެ ކުރީގެ ކައުންސިލަރު އަލީ މުހައްމަދު (އައްދު) އައްޔަންކޮށްފި އެވެ. ރަސްމީކޮށް އައްދު މި މަގާމާ ޙަވާލުވެ ލެއްވެވީ ޖުލައި މަހުގެ 30 ވަނަ ދުވަހުގައެވެ. ހައުސިން މިނިސްޓްރީގެ ފަރާތުން އައްޑޫގައި މިހާރު ކުރިއަށް ގެންދާ މަސައްކަތް ތަކާ ބެހޭ ގޮތުން މިނިސްޓްރީގެ ބޭފުޅުންނާއި ބައްދަލުކުރެއްވުމަށް މިވަގުތު މާލެ ވަޑައިގެން ހުންނެވި އައްދު ވިދާޅުވީ މި ބައްދަލުވުމުގެ ސަބަބުން އައްޑޫގައި ކުރިއަށް ގެންދާ ތަރައްގީގެ މަސައްކަތްތަކަށް އިތުރު އަވަސް ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށެވެ. އައްޑޫސިޓީގެ ހުޅުމީދޫގެ ކައުންސިލަރުގެ މަގާމުގައި ހުންނަވައިގެން އައްދުވަނީ ހުޅުމީދޫގެ ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ކުރައްވަވާފައެވެ. އައްދުގެ 3 އަހަރުގެ ދައުރުގައި ފާހަގަކުރެވިފައިވަނީ ޒުވާނުންނާއި ގުޅުން ހުރި ގިނަ ހަރަކާތްތަކެއް އެރަށުގައި ކުރިއަށް ގެންދެވި ހީވާގި ކައުންސިލަރެއްގެ ގޮތުގައެވެ. އައްޑޫ ސިޓީ ކައުންސިލްގެ ދެ ވަނަ ދައުރުގައި ކައުންސިލަށް އެމްޑީޕީ ޓިކެޓުގައި އިންތިޚާބުވި އައްދު ވަނީ 2015 ވަނަ އަހަރުގެ ތެރޭގައި ޕީޕީއެމް އަށް ސޮއިކޮށްފަ އެވެ.  

ޓެގު