English Edition
Dhivehi Edition

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަޙްމަދު މަޚްލޫފުގެ ޕާސްޕޯޓު ހިފަހައްޓައިފިއެވެ. ރޭ ދަންވަރު ކުރިމިނަލް ކޯޓުން ނެރެފައިވާ އަމުރުގައި މަހުލޫފުގެ ޕާސްޕޯޓް ހިފަހައްޓާފައިވާ ސަބަބެއް ކަމަށް ބުނެފައިވަނީ ފުލުހުން ތަހުގީގު ކުރަމުން އަންނަ މައްސަލައަކަށް ހުރަސް އެޅި، މަހުލޫފު ފިލައިގެން ހިނގައިދާނެ ކަމަށް ބެލެވޭތީ ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މަހްލޫފޫގެ ޕާސްޕޯޓް ހިފެހެއްޓީ މިދިޔަ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ހަރަކާތްތެރިވި ސިފައިންގެ ޤާނޫނީ ވާޖިބަށް ހުރަސް އަޅާފައިވާތީއެވެ. މަހްލޫފުގެ ޕާސްޕޯޓް އެއްމަސް ދުވަހަށް ހިފަހައްޓާފައިވަނީ ފުލުހުންގެ އިންޓަލިޖެންސަށް ލިބިފައިވާ ސިއްރު މައުލޫމާތުތަކާއި ގުޅިގެން ކަމަށް ކޯޓު އަމުރުގައި ވަނީ ބަޔާންކޮށްފައެވެ މަހްލޫފްގެ މައްސަލަ އެއް ތަހުގީގު ކުރަމުން އަންނައިރު ފުލުހުންގެ ދައުރު އަދާކުރަން ދަތި ކުރުމުގެ ދެ ދައުވާއެއް އޭނާގެ މައްޗަށް ސާބިތުވެ ކްރިމިނަލް ކޯޓުން އިއްވި 10 މަހާއި 24 ދުވަހުގެ ޖަލުހުކުމެއް އޭނާ ވަނީ ދާދި ފަހުން ތަންފީޒްކޮށް ނިންމާފައެވެ.

ޓެގު