English Edition
Dhivehi Edition

ޕާކިސްތާން ސަރުކާރުން ރާއްޖެއަށް 800 ފުޓް ބޯޅަ ހަދިޔާ ކޮށްފިއެވެ. މި ސާމާނު ރާއްޖޭގެ ސަރުކާރާ ހަވާލުކޮށްދެއްވެވީ ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވަވާފައިވާ ސަފީރެވެ. ރާއްޖޭގެ ފަރާތުން މި ސާމާނާ ޙަވާލުވެވަޑައިގެންނެވީ ޔޫތް މިނިސްޓަރ އިރުތިޝާމް އާދަމް އެވެ.

މިކަމަށް ޚާއްޞަ ކޮށްގެން ޔޫތް މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވަނީ ޕާކިސްތާނު ސަރުކާރުން ރާއްޖޭގެ ކުޅިވަރު ކުރިއުރުވުމުގައި ވެދެއްވާ އެހީތެރިކަމަށް ޝުކުރު ދަންނަވާފައެވެ.

ކުޅިވަރު ސާމާނު ހަވާލުކޮށް ދެއްވުމަށް ފަހު ވާހަކަ ދައްކަވަމުން ޕާކިސްތާން ސަފީރު ވިދާޅުވީ، ޕާކިސްތާން ސަރުކާރުން ރާއްޖެއަށް ދެމުންގެންދާ ކުޅިވަރު ސާމާނުތަކުގެ އެހީގެ އިތުރުން ދިވެހި ކްރިކެޓް ކުރިއަރުވާ ބައިނަލް އަޤްވާމީ މުބާރާތްތަކުގައި ކުރިޔަށްވުރެން ވަރުގަދަޔަށް ފައިތިލަ ސާބިތުކުރުމުގެ ގޮތުން ކްރިކެޓަށް ބޭނުންވާ ޒަމާނީ ވަސީލާތްތަކާއި ފަންނީ ކަންތައްތަކަށްވެސް އެ ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

މިދިޔައަހަރުވެސް ޕާކިސްތާނު ސަރުކާރުން ރާއްޖެއަށް 500 ފުޓްސަލް ބޯޅަ އާއި 100 ފުޓު ބޯޅަ ވަނީ ހަދިޔާކޮށްފައެވެ.