English Edition
Dhivehi Edition

އައްޑޫސިޓީ ފޭދޫއާއި، ގަން ފަޅުން ބިންހިއްކަން ހިންގި މަޝްރޫއުގެ ސަބަބުން އެސަރަހައްދުގެ ފަރު އެއްވެސް ވަރަކަށް މަރުނުވާ ކަމަށް އެންވަޔަރަންމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ވިދާޅުވެއްޖެއެވެ. ބިންހިއްކުމުގެ ސަބަބުން އައްޑޫގެ ބައެއް ފަރުތަތުން 5 މީޓަރާއި 15 މީޓަރާ ދެމެދުގެ ހިސާބެއްގެ މުރަކަތައް މަރުވެފައިވާ ކަމަށް ދައްކާ ވާހަކަތަކާ ގުޅިގެން އީޕީއޭގެ ޑިރެކްޓަރޖެނެރަލް އިބްރާހީމް ނައީމް ވިދާޅުވީ އެއީ ތެދުވާހަކައެއް ނޫންކަމަށެވެ. “އަޅުގަނޑު އަމިއްލައަށް އެސަރަހައްދަށް ފީނައި ބެލިން އެފަދަ އެއްވެސް ކަމެއްނެތް އިރާދަކުރެއްވީތީ އަދި ހިނގާފައެއް،” ނައީމް ވިދާޅުވިއެވެ. އެއްވެސް ސަބަބަކާހެދި އައްޑޫގެ ފަރުތައް އެއްވެސް ވަރަކަށް މަރުވެފައިވޭތޯ ދެނެންނެވުމުން ނައީމް ވިދާޅުވީ އެހާވަރަށް އަދި ބަލާފައި ނުވާކަމަށެވެ. އެހެންކަމުން އެކަމަށް އެއްޗެއް ވިދާޅުވާން ދަތިކަމަށެވެ. އައްޑޫސިޓީ ކޯއްޓެއާ ދިމާއަށްއޮތް ރީތި ފަރަށް ކުނިއެޅުމުގެ ސަބަބުން އެފަރުގެ ރީތިކަމަށްވަނީ އަސަރު ކޮށްފައެވެ. އެތައްބައިވަރު ކުންޏެއް އެތަނުން މިހާތަނަށް ނަގައިފައިވީނަމަސް އަދިވެސް އަޑީގައި އެތައް ކުންޏެއް އެބަހުއްޓެވެ. ފަތުރުވެރިކަމުގެ ދާއިރާއަށް އައްޑޫ ވިއްކަމުންދާއިރު މިފަދަ އަމަލު އެއްވެސް ފަރާތަކުން ނުކުރުމަށް އީޕީއޭއާއި އައްޑޫ ސިޓީކައުންސިލުންވަނީ ގޮވާލައިފައެވެ.