ނިކޯ ކޮވޮޗް އެއިންޓްރެކްޓް ފްރޭންކްފާޓަށް ކޯޗުކަން ކޮށްދިން ފަހު މެޗުގައި 30 އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް އެކުލަބްއިން ޖަރުމަނު ކަޕްގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
ޖާމަންކަޕްގެ ޗެމްޕިއަންކަން ފްރެންކްފާޓް އިން 3-1 ބަޔާން މިއުނިކް ބަލިކޮށް ހޯދާފައިވާއިރު މިއީ 1988 ވަނަ އަހަރު ބޯކުމް 1-0 ބަލިކުރުމަށް ފަހު އެ ކުލަބް ޖާމަން ކަޕް ހޯދި ފުރަތަމަ ފަހަރެއެވެ.
މި މޮޅަކީ ފްރޭންކްފާޓްގެ ކޯޗު ނިކޯ ކޮވަޗް ފްރޭންކްޕާޓަށް ކޯޗުކޮށްދިން ފުހު މެޗައެވެ. އަންނަ ސީޒަނުގައި ކޮވަޗް ފެނިގެންދާނީ ފައިނަލްގައި ބަލިވި ބަޔާނުންނެވެ.
ރޭ ކުޅުނު ފައިނަލް މެޗުގެ ފުރަތަމަ ލަނޑު މެޗުގެ 11 ވަނަ މިނެޓްގައި ކާމިޔާބުކޮށް ފްރޭންކްފާޓް އިން ވަނީ މެޗުގެ ލީޑު ނަގާފައެވެ.މި ލަނޑު އެޓީމަށް މެޗުގައި މޮޅު ކުޅުމެއް ދެއްކި ރެބިޗް ކާމިޔާބުކޮށްދިން ނަމަވެސް ދެވަނަ ހާފްގެ ކުރީކޮޅު ރޮބަޓް ލެވެންޑޯސްކީ ވަނީ ބަޔާން އަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދީފައެވެ.
ލެވަންޑޯސްކީގެ ލަނޑަށް ފަހު ބަޔާއިން އިން ގިނަ ހަމަލާތަކެއް ފްރޭކްފާޓްގެ ގޯލާއި އަމާޒުކޮށް ފޮނުވާލި އިރު މިއިން ހަމަލާއެއް ކާމިޔާބު ނުވުމުގެ ނަތީޖާއެއްގެ ގޮތުން މެޗުގެ ފަހު ބައިގައފްރެންކްފާޓް އިން އުފެއްދި ކައުންޓަ އެޓޭކެއްގައި މެޗުގެ 82 ވަނަ މިނެޓްގައި ރެބިޗް ވަނީ އެޓީމަށް ދެވަނަ ފަހަރަށް ލީޑު ނަގާދީފައެވެ. އަދި ފްރެންކްފާޓްގެ ތިންވަނަ ގޯލު މެޗުގެ ފަހު މިނެޓްގައި ކާމިޔާބުކޮށްދިނީ ގަސިނޮވިޗްއެވެ.