English Edition
Dhivehi Edition

އަގުހުރި އިނާމުތަކަކާއެކު ދިރާގު ރަމަޟާން ޕްރޮމޯޝަންތައް ފަށައިފިއެވެ.
ރަމަޟާންމަހަށް ޚާއްސަކޮށްގެން ކޮންމެ އަހަރަކުވެސް ދިރާގުގެ ކަސްޓަމަރުންނަށް ގިނަ ޕްރޮމޯޝަން ތަކެއް ކުރިއަށް ގެންދެއެވެ.

ރޯދަ މަހަށް ހާއްސަކޮށް ދިރާގުން ދެ ޕެކޭޖެއް ތައާރަފް ކޮށްފައި ވެއެވެ. އެޕެކޭޖް ތަކަކީ 120 ރުފިޔާ އަށް 1.5 ޖީބީ އާއި 250 ރުފިޔާ އަށް ހަތަރު ޖީބީ ލިބޭ ޕެކޭޖެސް ތަކެކެވެ. ޑޭޓާ ބަންޑަލްތައް އެކެޓިވޭޓްކޮށްގެން ސޯޝަލް މީޑިއާ އެޕްތައް ބޭނުންކުރަން އެއް ޖީބީ މުޅިން ހިލޭ ލިބޭނެ ކަމަށާއި މި ޑޭޓާ ބަންޑަލް ތަކުގެ މުއްދަތަކީ 30 ދުވަހެވެ. #8*123* އަށް ގުޅުމުން މި ޑޭޓާ ބަންޑަލް އެކްޓިވޭޓް ކުރެވޭނެ އެވެ.

ދިރާގުން ބުނީ، ކަސްޓަމަރުން އެ ޑޭޓާ ނެގުމަށް ކުރާ ހަރަދުގެ %10 ޓައިނީ ހާޓްސް އޮފް ދަ މޯލްޑިވްސް އަށް ހަދިޔާ ކުރެވިގެންދާނެއެވެ.

ދިރާގުން އިންސްޓަގްރާމަށް ހާއްސަކޮށްގެން ބާއްވާ “ރޯދަ މޫމެންޓްސް” ޕްރޮމޯޝަނުގައި އިންސްޓަގްރާމްގައި #RoadhaMoments ހޭޝްޓެގް ޖެހުމަށްފަހު ރޯދައިގެ އެކި އެކި މަންޒަރުތައް ހިއްސާކޮށްލައިގެން ކޮންމެ ހަފްތާއެކު ހޮވާލެވޭ ނަސީބުވެރި ފަރާތަކަށް “ގޯޕްރޯ ހީރޯ 6” ލިބޭނެ އެވެ. މި ކޮންޓެސްޓްގައި ބައިވެރިވުމަށް އިންސްޓަގްރާމް އެކައުންޓް ޕަބްލިކް އެކައުންޓަކަށް ހަދަން ޖެހޭނެ އެވެ.

ޓްވިޓާ އަށް ހާއްސަކޮށްގެން ބާއްވާ ކޮންޓެސްޓް ގައި ދިރާގުން ކޮންމެ ރެޔަކު 10 ޖަހާއިރު ޓްވިޓާގައި މްކްރޯ ފޮޓޯއެއް ޕޯސްޓްކުރާނެއެވެ. އެ ޕޯސްޓް ކުރުމަށްފަހު 10- 12 ދެމެދު #Meekoacheh ހޭޝްޓެގް ޖައްސަވާފައި ޖަވާބު ދިމާ ކުރުމުގެ ފުރުސަތު ހުޅުވިގެން ދާނެއެވެ. މި ކޮންޓެސްގައި ކޮންމެ ހަފްތާއަކު އެންމެ ގިނަ ރަނގަޅު ޖަވާބު ޓްވީޓް ކުރާ ފަރާތަކަށް ފަސް މީހަކަށް ސީހައުސް ރެސްޓޯރެންޓުން ރޯދަ ވީއްލުމެއް ލިބޭނެ އެވެ.

މި ރަމަޟާން މަހުވެސް ދިރާގު ކަސްޓަމަރުންގެ ތެރެއިން ގުރުއަތުން ހޮވޭ 2 މީހަކަށް ޢުމްރާދަތުރު ލިބޭ ގޮތަށްވަނީ ހަމަޖެހިފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކޮންމެ ހަފްތާއަކުވެސް ގުރުއަތުލެވޭނެ ކަމަށާ ދިރާގުގެ މިހާރުގެ ކަސްޓަމަރުންގެ އިތުރުން އަލަށް ދިރާގާއިގުޅޭ ކަސްޓަމަރުންވެސް މި ޕްރޮމޯޝަނުގައި ވަގުތުން ބައިވެރިކުރެވޭނެކަމަށް ދިރާގުން ބުނެއެވެ.

، މޮބައިލް ފޯނު މެދުވެރިކޮށް ޒަކާތްދެއްކުމުގައިވެސް ލުއި ފަސޭހަގޮތްތަކެއް ދިރާގު ކަސްޓަމަރުންނަށް ވަނީ ހަމަޖެހފައިކަމަށް ދިރާގުން މަޢުލޫމާތުދެއެވެ.

އެހެން އަހަރު ތަކެކޭ އެއްފަދައިން “ދިވެހިން ގެ ރަހަ” މި ނަމުގައި ދިރާގުން ދިވެހި ކެއުން ތައްޔާރުކުރާގޮތް ދައްކުވައިދޭ ޕްރޮގްރާމެއް ހަފްތާއަކު 2 ފަހަރު ދެއްކުމަށްވަނީ ހަމަޖެހިފައެވެ. މިއަހަރު ގެ ރަމަޟާން މަހުގައި އުމްރާއަށް ދިޔަ ދިވެހިންނަށް ގުޅުމަށްޓަކައި ދިރާގުން މި ރަމަޟާން މަހުވަނީ 1 ރުފިޔާ 88 ލާރިއަށް ސައޫދީ އަރަބިއްޔާއަށް ގުޅެގޮތް ހަމަޖައްސާފައެވެ. އަދި ނަމަދު ވަގުތުތަކުގެ އެލާރޓް ހިލޭ ހޯދުމުގެ ފުރުޞަތުވެސް ދިރާގު ކަސްޓަމަރުންނަށްވަނީ ހުޅުވާލާފައެވެ.