English Edition
Dhivehi Edition

މިނިވަން ކަޕް2017 ގައި ރޭ ކުޅުނު ދެވަނަ މެޗު ފެނަކައިން ކާމިޔާބުކޮށްފިއެވެ. ކެނެރީފާއި ބައްދަލުކޮށް ފެނަކައިން މި މެޗު ކާމިޔާބުކުރީ 07 ލަނޑު 02 ލަނޑުންނެވެ. މެޗުގެ އެއްވަނަ މިނިޓްގައި ސަބާހު ނެގި ކޯނަރު ގޯލަށް އަމާޒުކޮށް މެޗުގެ ފުރަތަމަ ލަނޑު ފެނަކައަށް ކާމިޔާބުކޮށްދިނީ ފައްތޭއެވެ. މެޗުގެ ތޭރަވަނަ މިނިޓްގައި އަލްފާފު (ގާގާ) ވަނީ ކެނެރީފު އަށް ލަނޑެއް ކާމިޔާބުކޮށްދީފައެވެ. އޭގެ ދެ މިނިޓްފަހުން އަހްމަދު ހަލީމް ވަނީ ފެނަކައަށް އިތުރު ގޯލެއް ކާމިޔާބުކޮށްދީ މެޗުގެ ލީޑު ފުޅާކޮށްފައެވެ. ދެ ޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ދެވަނަ ހާފުގެ އެކާވީސް މިނިޓްގައި ކެނެރީފުގެ ޓިމުގެ ދެވަނަ ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިނީ ލިބުނު ހިލޭ ޖެހުމަކުން ނައުފަލު (ނެކްރޯ) އެވެ. ނައުފަލު ލަނޑާއެކު އެ ޓީމުގެ ފަރާތުން އިތުރު ގޯލެއް ކާމިޔާބުކުރުމަށްޓަކައި ވަނީ ގިނަ ހަމަލާތައް އުފައްދާފައެވެ. އެހެން ނަމަވެސް މެޗުގެ ދެވަނަ ހާފްގައި ސޯބާހު އާއި ހަލީމް ކާމިޔާބުކޮށްދިން ލަނޑާއެކު މެޗު ނިމިގެން ދިޔައީ ކެނަރީފު ޓީމަށް އިތުރު ލަނޑެއް ކާމިޔާބުކުރާނެ ފުރުސަތެއް ނުލިބިއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މެޗުގައި ފެނަކަ ޓީމަށް 3 ލަނޑު ޖަހައިދިން ކުޅުންތެރިޔާ ފައްތޭއެވެ. މިނިވަންކަޕަކީ އައްޑޫ ސިޓީ ހުޅުދޫ މީދޫގައި ބާއްވަމުން އަންނަ އެންމެ ބޮޑު ފުޓްސެލް މުބާރާތެވެ. މި އަހަރުގެ މުބާރާތުގެ މެއިން ސޮޕޮންސަރަކީ އައްޑޫ ސިޓީ ހުޅުދޫ ދާއިރާގެ މަޖިލީސް މެމްބަރު ޝަހިދު އެވެ. ކޯ ސްޕޮންސަރަކީ އައިލެންޑް އެކްސްޕްރެސް އެވެ. އަދި މީޑިއާ ޕާޓްނަރަކީ އޭއޯ ނިއުސްއެވެ.