English Edition
Dhivehi Edition

ގަމާއި ފޭދުއާ ގުޅުނު ސަރަހައްދުގައި ބަހައްޓައިފައިވާ ދޮންދީނި މޮނިޔުމެންޓް ނަގާފައިވަނީ އޭގެ އެއްފައި ވަރަށްބޮޑަށް ހަލާކުވެފައިވާތީ ކަމަށް ހައުސިން މިނިސްޓްރީގެ ކޯޑިނޭޓަރ ވިދާޅުވެއްޖެއެވެ. ކޯޑިނޭޓަރ ޙަސަން ނާޒިލް ވިދާޅުވީ އެ ނުނަގައި އެހުރިގޮތަށް ބަހައްޓައިފި ކަމަށްވާނަމަ އެ ވެއްޓި މީހަކަށް އަނިޔާއެއް ވެދާނެ ކަމުގެ ބިރުބޮޑު ކަމަށެވެ. “އޭގެ އެއްފައިވަނީ ވަރަށް ބޮޑަށް ހަލާކުވެފައި. ހަލާކުވެފައި ހުރުމުން އެ ވެއްޓި ބަޔަކަށް އަނިޔާވުމުގެ ކުރިން އެނަގައިލީ،” ހައުސިން މިނިސްޓްރީގެ ކޯޑީނޭޓަރ ޙަސަން ނާޒިލް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ދޮންދީނާއަކީ އައްޑޫސިޓީގެ ރަމްޒެއް ކަމަށެވެ. އަލުން އެ ބަހައްޓާނީ މަރާމާތު ކުރުމަށްފަހު ކަމަށް އޭނާ ނާޒިމް ވިދާޅުވިއެވެ. އެހެންނަމަވެސް އެ އަލުން ބަހައްޓާނެ ދުވަހެއް އޭނާ ވިދާޅެއް ނުވެއެވެ.

ޓެގު