English Edition
Dhivehi Edition

އައްޑޫސިޓީ ގައުކެނޑި ސަރަހައްދުގައި ފުލުހުން ކުރިން ބޭނުންކުރި ޗެކްޕޯސްޓް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފިއެވެ. މި މަސައްކަތަކީ ފަޒާ ބިޒްނަސް އިންވެސްޓްމެންޓާ ހަވާލުކޮށްގެން އައްޑޫސިޓީ ކައުންސިލުން ކުރިއަށް ގެންދާ މަސައްކަތެކެވެ. ކައުކެނޑި ޗެކްޕޯސްޓް މަރާމާތު ކުރުމަށްފަހު ސިޓީކައުންސިލުން އެތަންދޭނީ އައްޑޫސިޓީ ޕޮލިހުންނާއެވެ. ފުލުހުން އެތަން ބޭނުންކުރާނީ ޓްރެފިކް ހަރަކާތްތައް ބަލަހައްޓާ މަރުކަޒެއްގެ ގޮތުގައެވެ. އެތަނަކީ މީގެ ކުރިންވެސް ފުލުހުން ބޭނުންކުރިތަނެކެވެ. އެހެންނަމަވެސް ތަފާތު ސަބަބުތަކާހެދި ފުލުހުންވަނީ މީގެ އަހަރުތަކެއް ކުރިން އެތަންދޫކޮށްލައިފައެވެ. އައްޑޫގައި ޓްރެފިކް ފުލުހުންގެ ޚިދުމަތް ދެވަނަފަހަރަށް ފެށުމަށްފަހު ފުލުހުންނަށް އަލުން އެތަންދޭން ނިންމާފައިވަނީ އައްޑޫސިޓީކައުންސިލާއި ފުލުހުން މަޝްވަރާ ކުރުމަށްފަހުއެވެ. އެތަން މަރާމާތު ކުރުމުގެ މަސައްކަތް ވަރަށްއަވަހަށް ނިމޭނެ ކަމަށް އައްޑޫސިޓީ ކައުންސިލުން ވަނީ ވިދާޅުވެފައެވެ.

ޓެގު