English Edition
Dhivehi Edition

ހިޔުމަން ރިސޯސް (އެޗްއާރު) މޯލްޑިވްސްގެ ފަރާތުން ބޭއްވި ފިފްޓީ މޯސްޓް ޓެލެންޓެޑް އެޗްއާރު ލީޑަރސް އެވޯޑް ހަފްލާ ބާއްވައިފިއެވެ.

މިހަފްލާގައިވަނީ ހިއުމަން ރިސޯސްގެ ދާއިރާއަށް ކޮށްފައިވާ ޚިދުމަތްތައް ފާހަގަކޮށް 2 ފަރާތަކަށް ލައިފްޓައިމް އެޗީވްމެންޓް އެވޯޑް ދީފިއެވެ. މީގެ އިތުރަށް އެޗްއާރު ލީޑަރޝިޕް އެވޯޑު 50 ފަރާތަކަށް ދީފައިވެއެވެ.

ލައިފްޓައިމް އެޗީވްމެންޓް އެވޯޑް ލިބިފައިވަނީ، ސިމްޑީ ގްރޫޕްގެ ޗެއަރމަން އިބްރާހީމް މުޙައްމަދު ދީދީއަށާއި ފިހާޅޮހި މޯލްޑިވްސްގެ އެގްޒެކެޓިވް ހައުސްކީޕަރ ޙުސެއިން ޝުކުރީއަށެވެ.

އެ އެވޯޑު އިބްރާހީމްދީދީއަށް ލިބިފައިވަނީ ރާއްޖޭގައި އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމަށް ކުރައްވާފައިވާ މަސައްކަތް ފާހަގަކުރައްވައެވެ. ހުސެއިން ޝުކުރީއަށް އެ އެވޯޑު ލިބިފައިވަނީ އެއް ކުންފުންޏެއްގެ އެއް ދާއިރާއަކަށް 25 އަހަރަށްވުރެ ގިނަދުވަހު މެދުކެނޑުމެއް ނެތި ހިދުމަތްކޮށް ފައިވާތީއެވެ.

ހިއުމަން ރިސޯސް އެވޯޑް ލިބުނު 50 މީހުންނަކީވެސް ރާއްޖޭގެ ކުންފުނިތަކުގެ ހިއުމަން ރިސޯސް ދާއިރާގައި އިސްކޮށް މަސައްކަތް ކުރައްވާ ބޭފުޅުންގެ ތެރެއިން ހޮވާލެވުނު 50 މީހުންނެވެ.

ހިއުމަން ރިސޯސް ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ އަގު ވަޒަންކޮށް ހިތްވަރުދިނުމުގެ ގޮތުން އެޗްއާރު މޯލްޑިވްސް އިން ބޭއްވި އެވޯޑް ހަފްލާއަކީ، ރާއްޖޭގައި އެޗްއާރ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ހާއްސަކޮށްގެން ބޭއްވި ފުރަތަމަ އެވޯޑު ހަފްލާއެވެ.