English Edition
Dhivehi Edition

4ޖީ ފޯނު އަދި ސިމް އަށް ޚާއްސަ ޕްރޮމޯޝަނެއް ދިރާގުން ފަށައިފިއެވެ.

މި ޕްރޮމޯޝަނުގެ ދަށުން 4ޖީ ސިމް އަދި 4ޖީ ފޯނު ހެޔޮއަގުގައި ގަންނަން ލިބޭ ހާއްސަ ދެ ޕްރޮމޯޝަނެއް ކުރިއަށް ގެންދާނެ ކަމަށް ދިރާގުން ބުނެއެވެ.

4ޖީ ސިމް ޕްރޮމޯޝަންގެ ދަށުން ދިރާގުން ވަނީ މިހާރު ދިރާގު 2ޖ އަދި 3ޖ ސިމް ގެންގުޅޭފަރާތްތަކަށް ހިލޭ 4ޖ ސިމް އަކަށް ބަދަލުކޮށްލުމުގެ ފުރުސަތު ހުޅުވާލާފައެވެ. އަދި މިގޮތަށް ހިލޭ 4ޖީ ސިމް ނަގާފަރާތްތަކަށް 2 މަސްދުވަހަށް ކޮންމެ މަހަކު 2 ޖީބީ ޑޭޓާ ހިލޭ ލިބޭނެއެވެ.

މީގެ އިތުރުން ރަނގަޅު ފެންވަރުގެ 4ޖީ މޯބައިލް ފޯން ހެޔޮ އަގުގައި ލިބޭނެ ޕްރޮގްރާމެއްވެސް ދިރާގުން ވަނީ ފަށާފައެވެ. އަދި މިގޮތަށް ފޯން ގަންނަ ފަރާތްތަކަށް ހިލޭ ޑޭޓާ އަދި ބިލް ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއްވެސް ވަނީ އެކުންފުނިން ފަށާފައެވެ. އޭގެ ތެރޭގައި ޕޯސްޓްޕެއިޑް އަދި ޕްރީޕެއިޑް ކަސްޓަމަރުންނަށް ހާއްސަ ދެ ޕްރޮމޯޝަނެއް ވެއެވެ. ސެމްސަންގް ފަދަ ރަނގަޅު ބްރޭންޑް ތަކުގެ މެދުފަންތީގެ ފޯން މި ޕްރޮމޯޝަންގެ ދަށުން 1500 ރުފިޔާ އާއި 3499 ރުފިޔާ އާ ދެމެދުގެ އަގުތަކެއްގައި ގަންނަން ލިބޭނެއެވެ. އަދި ޕޯސްތްޕެއިދްގައި ބިލް ޑިސްކައުންޓް %40 އާއި %50 ދެމެދުން ލިބޭ އިރު ބައްލވައިގަންނަވާ ކޮންމެ ފޯނަކުން ވެސް 2ޖީބީގެ ޑޭޓާވެސް ހިލޭ ލިބޭނެއެވެ. އަދި ޕްރީޕެއިޑް ކަސްޓަމަރުންނަށްވެސް ހިލޭ 2ޖީބީ ގެ ޑޭޓާގެ އިތުރުން ބައްލަވައިގަންނަވާ ކްރެޑިޓް ދެ ގުނައަށް މި ފޯން ޕްރޮމޯޝަންގެ ދަށުން ބޮޑުވާނެއެވެ.

ދިރާގުން ރާއްޖޭގައި މުވާސަލާތާއި ޑިޖިޓަލް ހިދުމަތް އެންމެ ފުޅާ ދާއިރާއެއްގައި ފޯރުކޮށްދީ މިފަދަ ޕްރޮމޯޝަންތައް ހިންގުމުގައި އަބަދުވެސް ބަލަނީ ޑިޖިޓަލް ޓެކްނޮލޮޖީ މެދުވެރިކޮށް ދިވެހިންގެ ދިރިއުޅުމަށް އިތުރު ފަސޭހަތައް ގެނުވައި އުފާވެރި މުސްތަގްބަލެއް ހޯދުމުގައި އެހީތެރިވެދިނުމަށް ކަމަށް އެކުންފުނިން ބުނެއެވެ..

ދިވެހިރާއްޖޭގައި މުވާސަލަތާއި ޑިޖިޓަލް ހިދުމަތް އެންމެ ފުޅާކޮށް ފޯރުކޮށްދޭ ކުންފުނި ދިރާގަކީ ރާއްޖޭގައި މޯބައިލް ޓެކްނޮލޮޖީގެ އެންމެ ފަހުގެ 4ޖީ ޓެކްނޮލޮޖީ އެންމެ ހަލުވުމިނުގައި އެންމެ ފުރިހަމައަށް ފޯރުކޮށްދޭ ކުންފުންޏެވެ

ޓެގު