English Edition
Dhivehi Edition

ރާއްޖޭގައި ބާއްވާ އެންމެ ކާމިޔާބު ރިއަލިޓީ ޝޯވ މޯލްޑިވިއަން އައިޑަލްގެ ތިންވަނަ ސީޒަން ޕްރެމިއާކޮށްފިއެވެ.

އައިޑަލްގެ ޝޯތައް ރޭ ދައްކަން ފަށާފައިވާއިރު ރޭ އަދި މިރޭ ވެސް ދައްކާނީ މާލޭ ސިޓީގެ އޮޑިޝަންގެ ޝޯތަކެވެ.

އައްޑޫސިޓީގެ އޮޑިޝަން ދެއްކުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހުގެރެއެވެ.

މޯލްޑިވިއަން އައިޑަލްގެ ކުރީގެ 2 ސީޒަން ކާމިޔާބުކަމާއެކު ބެލުންތެރިންނަށް ގެނެސްދީފައިވާއިރު، މިފަހަރުގެ ސީޒަނުންވެސް ބޮޑެތި ތަފާތުތަކެއް ފެނިގެންދާނެކަމަށް އައިޑަލްގެ ޕްރޮޑަކްޝަން ޓީމުން ބުނެއެވެ.

ކުރީގެ ދެ ސީޒަނާ ޚިލާފަށް މިފަހަރުގެ ސީޒަންގައި ޖަޖުންގެ ޕެނަލުގައި 4 ފަންނާނުން ތިބެއެވެ. އަދި ކުރީގެ ސީޒަންތަކުގައި ނުފެންނަ “ގޯލްޑަން މައިކް” މިފަހަރުގެ ސީޒަންގައި ފެނިގެންދާއިރު، އައިޑަލްގެ މިފަހަރުގެ ޝޯވތަކުންވެސް ބައިވެރިންނަށާއި، ބެލުންތެރިންނަށްވެސް ބޮޑެތި ސަޕްރައިޒްތަކެއް ފެނިގެންދާނެކަމަށް އައިޑަލްގެ ޓީމުން ބުނެއެވެ. އައިޑަލް ސީޒަން ތިނެއްގައި ފެނިގެންދާ މައިގަނޑު ބަދަލުތަކުގެ ތެރޭގައި ޝޯވގެ ފިރިހެން ހޯސްޓެއްގެ ގޮތުގައި މިދިޔަ 2 ސީޒަންގައިވެސް ފެނިގެންދިޔަ މޫސާ ވަސީމާއެކު މިފަހަރުގެ ސީޒަންގައި އަންހެން ޕްރެޒެންޓަރެއްގެ ގޮތުގައި ބެލުންތެރިންނާއި ބައްދަލުކުރީ ޝާއިނާ ޝަރީފެވެ. މީގެ އިތުރުން ޖަޖުންގެ ޕެނަލުން މިދިޔަ 2 ސީޒަންގައިވެސް ފެނިގެންދިޔަ ބައެއް މޫނުތަކުގެ އިތުރުން މުޅިން އަލަށް ޒާރާ މުޖުތަބާ ވަނީ ޖަޖުންގެ ޕެނަލާއި ގުޅިފައެވެ.