English Edition
Dhivehi Edition

ދިރާގަށް މިދިޔަ އަހަރު ފައިދާގެ ގޮތުގައި ލިބުނު 897.6 މިލިޔަން ރުފިޔާ އިން ކޮންމެ ހިއްސާ އަކަށް 11.81ރ. ބަހަން އަހަރީ އާއްމު ޖަލްސާއަށް ހުށަޙަޅަން، އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމައިފި އެވެ.

ރާއްޖޭގެ މުވާސަލާތީ އެންމެ ބޮޑު ޓެލެކޮމް ކުންފުނިން ބުނީ މިދިޔަ އަހަރުގެ ފައިދާގެ ގޮތުގައި ލިބުނު 897.6 މިލިޔަން ރުފިޔާ ހިއްސާދާރުންނަށް ބަހަން ހުށަހެޅުމަށް އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްފައިވާ ކަމަށެވެ.

ދިރާގުގެ މިދިޔަ އަހަރުގެ ހިއްސާގެ ޖުމްލަ ފައިދާ ބެހިފައި ވަނީ، އިންޓަރިމް ޑިވިޑެންޓްގެ ގޮތުގައި 453 މިލިޔަން ރުފިޔާ (ހިއްސާ އަކަށް 5.96ރ.) އަދި އަހަރުގެ ފައިނަލް ޑިވިޑެންޓްގެ ގޮތުގައި 445 މިލިޔަން ރުފިޔާ (ހިއްސާ އަކަށް 5.85ރ.) ކަމަށް އެކުންފުނިން ބުނެއެވެ.

މިދިޔަ އަހަރުގެ ފައިނަލް ޑިވިޑެންޑްގެ ގޮތުގައި އަހަރީ އާންމު ޖަލްސާ އިން ފާސްކުރާ ބައި ބަހާނީ، އެ ޖަލްސާގައި އިއުލާނު ކުރާ “ބުކް ކްލޯޝާ ޑޭޓް”ގައި ހިއްސާ ގަނެ، އެ ކުންފުނީގެ ހިއްސާދާރުންގެ ރަޖިސްޓްރީގައިވާ ފަރާތްތަކަށެވެ.

ދިރާގުން ވަނީ މިދިޔަ ހަ އަހަރު ދެމެހެއްޓެނިވި ފައިދާއެއް ހިއްސާދާރުންނަށް ބަހައިފަ އެވެ. މިދިޔަ އަހަރުގެ ހިއްސާގެ ފައިދާ އާއެކު ޖުމްލަ 4.9 ބިލިއަން ރުފިޔާ ހިއްސާދާރުންނަށް ބެހިގެންދާނެ އެވެ.