English Edition
Dhivehi Edition

ދުނިޔޭގެ ކެންސަރު ބަލީގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އައްޑޫސިޓީ ކައުންސިލްގެ ރެކްރިއޭޝަން ކްލަބާއި ހިތަދޫ ރީޖަނަލް ހޮސްޕިޓަލާ ދެމެދު އެކުވެރިކަމުގެ ފުޓްސަލް މެޗް، ހިތަދޫ ރާޖަނަލް ހޮސްޕިޓަލްގެ ޓީމް ކާމިޔާބުކޮށްފިއެވެ.

ހިތަދޫ ޒުވާނުންގެ މަރުކަޒުގައި އޮންނަ ފުޓްސަލް ދަނޑުގައި ރޭ، ކުޅުނު އެކުވެރި ކަމުގެ މިމެޗު ހޮސްޕިޓަލްގެ ޓީމުން ކާމިޔާބުކޮށްފައިވަނީ 1-0 ލަނޑުގެ ނަތީޖާ އަކުންނެވެ.

މިމެޗުގެ ހަމަ އެކަނި ލަނޑު ހޮސްޕިޓަލްގެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ރޭގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އަލީ މުރުތަޟާއެވެ.

ދުނިޔޭގެ ކެންސަރ ދުވަސް، ކޮންމެ އަހަރެއްގެ ފެބްރުވަރީ މަހުގެ 4 ވަނަ ދުވަހުގައި ފާހަގަކުރަމުންދާއިރު މިއަހަރުގެ ވޯލްޑް ކެންސަރ ޑޭގެ ޝިޢާރަކީ ‘ވީ ކޭން، އައި ކޭން’ އެވެ.

މިދުވަސް ފާހަގަ ކުރުމަށް ރޭކުޅުނު އެކުވެރިކަމުގެ މެޗަށްފަހު މިޝިއާރު ލިޔެފައިވާ ބެނާއަކާއެކު ކުޅުންތެރިންވަނީ ފޮޓޯއެއް ނަގާފައެވެ.

ރޭގެ މެޗުގައި އައްޑޫ ސިޓީގެ މޭޔަރ އަބްދުﷲ ޞާދިޤް ވަނީ ބައިވެރިވެވަޑައިގެން ކުޅުއްވާފެއެވެ. އަދި ޑެޕުޓީ މޭޔަރ މުޙައްމަދު ޔަސްރިފް ވަނީ މެޗް ބައްލަވައިލައްވަން ވަޑައިގެންފައެވެ.