English Edition
Dhivehi Edition

ބޮލީވުޑުގެ ސުޕަރ ސްޓާރު، މަޝްހޫރު އަމީތާބު ބައްޗަންގެ ސިއްޙީ ހާލު ދެރަވުމުގެ ސަބަބުން މުމްބާއީގެ ލީލާވަތީ ހޮސްޕިޓަލުގައި މިއަދު އެޑްމިޓް ކޮށްފިއެވެ.

އެ ހޮސްޕިޓަލުން ވަނީ މިކަން ކަށަވަރު ކޮށްދީފައެވެ. އެހެން ނަމަވެސް ހޮސްޕިޓަލުން ބައްޗަންގެ ސިއްޙީ ހާލަތާބެހޭ ގޮތުން އެއްވެސް މައުލޫމާތެއް ނުދެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަމީތާބުގެ ފަރުވާގެ ކަންތަކާ އިސްކޮށް އުޅުއްވަނީ ގެސްޓްރޯ އިންޓެސްޓަނަލް އަދި ލިވާ ސްޕެޝަލިސްޓެއް ކަމަށްވާ ޑރ. ޖަޔަންތު ބާވޭ އެވެ.

އަމީތާބު ހޮސްޕިޓަލުގައި މިއަދު އެޑްމިޓް ކުރެވިފައި ވާއިރު މިއަދަކީ އޭނާ އެންމެފަހުން ކުޅެފައިވާ ފިލްމް 102 ނޮޓް އައުޓް ދަ ޓީސާ ވެސް ރިލީސް ކުރެވުނު ދުވަހެވެ.

އެ ފިލްމުގައި އޭނާ ކުޅެފައިވަނީ އުމުރުން 102 އަހަރުގެ މީހެއްގެ ރޯލެވެ. އެ ފިލްމުގައި އަމީތާބާ އެއްކޮށް ފެނިގެންދާ އަނެއް ތަރި އަކީ ބޮލީވޫޑުގެ މަޝްހޫރު ތަރިއެއް ކަމަށްވާ ރިޝީ ކަޕޫރެވެ. ރިޝީ ފެނިގެން ދަނީ އަމީތާބުގެ ފިރިހެން ދަރީގެ ގޮތުގައެވެ. މި ދެތަރިން އެކުގައި ފިލްމަކުން ފެނިގެން މި ދިޔައީ 27 އަހަރަށްފަހު އެވެ.

ޓެގު