English Edition
Dhivehi Edition

އަޅުގަނޑުމެން އިންސާނުން ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ކޮންމެ ދުވަހަކުވެސް ތަރުކާރީ އާއި މޭވާގެ ބާވަތްތައް ކެއުމުގައި ހިމަނަން ޖެހެއެވެ. ހަށިގަނޑަށް ބޭނުންވާ ތަފާތު ވިޓަމިން ތައް މޭވާއިން ލިއްބައިދެއެވެ

ވިޓަމިންއާއި މިނެރަލްސް އަކީ ހަށިގަނޑު ދުޅަހެޔޮކޮށް ބެހެއްޓުމުގައި ސަތޭކައެއްހާ ދައުރު އަދާކުރާ މާއްދާތަކެވެ

ވިޓަމިން އިން ވާފައިދާ ތަކަށް ބަލާއިރު ކަށިވަރުގަދަ ކޮށްދިނުން،ހަންގަނޑުގެ ބަލިތަކުން ރައްކާތެރި ކޮށްދިނުން، ހަންގަނޑުގައި ހަލާކުވެފައިވާ ފާރުތައް ފަސޭހަކޮށް ދިނުން، ހަށިގަނޑަށް ބޭނުން ވާ ހަކަތަ ލިއްބައިދިނުން، ދިފާއީ ނިޒާމް ވަރުގަދަ ކޮށް އަދި ހަށިގަނޑުގައި ހަލާކު ވެފައިވާ ސެލް ތަކަށް ދިރުން ގެނެސްދެއެވެ. މިއީ މޭވާއިން އަޅުގަނޑުމެންނަށް ލިބިދޭ ފައިދާތަކެވެ

މޭވާއިން ލިބިދޭ ފައިދާ އެއްކައިރި ކޮށްލާފައި މޭވާގެ ތޮށިގަނޑުން ލިބިދޭ ފައިދާއަށް ބަލައިލަމާ ހިނގާށެވެ

މޭވާއިން ލިބިދޭފައިދާ އާއި އެއްވަރަށް އޭގެ ތޮށިގަނޑުން ފައިދާ ލިބޭކަން އިނގެނީ އަޅުގަނޑުމެންގެ ތެރޭން ކިތައްބޭފުޅުންނަށް ތޯއެވެ؟ ހުރިހައި މޭވާތަކުގެ ތެރެއިން ދޮންކޭލަކީ އެމޭވާ ގައި އެކުލެވޭ ފައިދާއާއި އެއްވަރަށް އޭގެ

ތޮށިގަނޑުން ފައިދާ ލިބިދޭ މޭވާއެއް ކަމަށް ސައިންސްވެރިން ބުނެއެވެ. ތިރީގައި މިވަނީ ދޮންކެޔޮލުގެ ތޮށިގަނޑުބޭނުން ކޮށްގެން އަޅުގަނޑުމެންނަށް ކުރެވިދާނެ ބައެއް ކަންތައްތަކެވެ

ހަންގަނޑުގައި ހޭކިފައި ހުންނަ ގަލަން ދެލި

ގަލަމަކުން ކުއްލިޔަކަށް ދެލި ބުރައިގެން ގޮސް އަތުގެ ހަންގަނޑުގައި ދެލި ހޭކިއްޖިއްޔާ ދޮންކޭލުގެ ތޮށިގަނޑު ދެލީގައި އުނގުޅާށެވެ. ކުޑަ ހިނދު ކޮޅަކުން ދެލި ފިލައިގެން ދާނެއެވެ. ދޮންކޭލުގެ ތޮށިގަނޑުގައިވާ ގުދުރަތީ ތެލުގެ ސަބަބުން ދެލިފިލައިގެން ދެއެވެ

ދަތް ހުދުކުރުމަށް

ދަތްތައް ހުދުކުރުމަށް އެހާމެ ފަސޭހަ އަދި އަގަކާނުލާ ކޮށްލެވޭނެ ގޮތެއް ބޭނުން ނުވާނީ ކާކުހެއްޔެވެ. ދޮންކެޔޮ ތޮށިގަނޑުގެ އެތެރޭގެ ބައިން ދަތްތަކުގައި ދެމިނެޓް ވަންދެން އުނގުޅާށެވެ. މިގޮތަށް ކޮންމެ ދުވަހަކު ތަކުރާރު ކޮށްލެވިދާނެއެވެ. ދޮންކެޔޮ ތޮށީގައިވާ ބްލީޗް ގެ މާއްދާ އިން ދަތްތައް ހުދުކޮށްދޭނެއެވެ

ސޫތްޕެއް ދަތް އެޅުމުން

އާންމުކޮށް އިރުވައި މޫސުމުގައި މަދިރި އާއި އެކިކަހަލަ ސޫފިތައް އުޅެއެވެ. ސޫތްޕެއް ހަންގަނޑުގައި ހަފައި ހިރުވާ ހަދާނަމަ ދޮންކޭލުގެ ތޮށީގެ އެތެރޭގެ ބައި ހިރުވާ ތަނެއްގައި އުނގުޅާލާށެވެ. މިއީ ބޭނުންކޮށްލަން ރަނގަޅު ކެމިކަލް ފްރީ ހައްލެކެވެ

މޫނުގައި ނަގާ ބިހިތަކަށް

ދޮންކެޔޮ ތޮށީން މޫނާއި ކަރު މަސާޖް ކޮށްލުމުން މޫނުގައި ނަގާފައި ހުންނަ ބިހިތައް ރަނގަޅުވެ، މޫނުގައި އާއި ކަރުގައި ހުންނަ ރޫތައް ފިލުވިދެއެވެ. މިގޮތަށް ކޮންމެ ދުވަހަކު މަސާޖް ކޮށްލުން ރަނގަޅެވެ

ކުކުޅު ފިހާއިރު މަޑުކޮށް ބެހެއްޓުމަށް

ބޯންލެސް ކުކުޅު ބައެއްފަހަރަށް މާމަޑުކޮށް ހުރުމުގެ ސަބަބުން ފިހެ ނިމޭއިރު މާބޮޑަށް ހިކި، ހަރުވާ ގޮތް ވެއެވެ. ނަމަވެސް ފިހުމުގެ ކުރިން ދޮންކެޔޮ ތޮށިކޮޅެއް ކުކުޅު ކޮޅު މަތީގައި އަޅާލުމަށް ފަހު ފިހުމުން މަސްކޮޅު ތާޒާކޮށް މަޑުކޮށް ބަހައްޓައިދެއެވެ