English Edition
Dhivehi Edition
ކަނޑުވި މީހުން ގާފަރަށް ގެންދަނީ: ފޮޓޯ ގާފަރު މީޑިއާ

މޫސުން ގޯސްވެ ކަނޑުމަތީގައި ހިނގި ނުރައްކާތެރި ހާދިސާއެއްގައި ކ. ގާފަރު ކައިރިއަށް ކޮޅުވެއްޓިއެއް އަޑިއަށް ގޮސް، އޭގެއިން ދަތުރުކުރި ދެ މީހަކު ގެއްލިއްޖެއެވެ.

ތިލަފުށިން ފުރައިގެން ދަތުރުކުރި އެ ކޮޅުވެއްޓި ދިޔަވެ އަޑިއަށް ދާކަމުގެ ރިޕޯޓް ފުލުހުންނަށް ލިބުނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. ހާދިސާ ހިނގި ވަގުތު އުޅަނދުގައި އަށް ބިދޭސީންނާއި ދެ ދިވެހިންނާއެކު ޖުމްލަ 10 މީހުން ތިއްބެވެ.

އޭގެ ތެރެއިން އަށް މީހަކު ކަނޑުމަތިން ވަނީ ސަލާމަތްކޮށްފައެވެ. ސަލާމަތްވި މީހުން ގާފަރަށް ގެންގޮސް ގޭސްޓްހައުސްއެއްގައި ބައިތިއްބާފައިވާއިރު، އެ އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް ގާފަރު ކައުންސިލްގެ ރައީސް މުބައްޝިރު ޖަލީލް ވިދާޅުވިއެވެ. ނަމަވެސް ގެއްލިގެން ހޯދަނީ ދެ ބިދޭސީން ކަމަށް ފުލުހުން ބުންޏެވެ.

މިއަދު މުޅި ރާއްޖެއަށްވެސް މޫސުން ވަރަށް ގޯސްވެފައިވާއިރު، ހުޅަނގު މޫސުމުގެ ބޯވިއްސާރަ ވިލާ އުފެދި ކުރިއަށް އޮތް ދެ ދުވަހުވެސް މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ބުންޏެވެ.