English Edition
Dhivehi Edition

ފުލުހުންގެ ޗެކްޕޯސްޓެއްގެ ގޮތުގައި ބޭނުންކުރަމުން އައި (ގައުކެނޑި ޗެކްޕޯސްޓު) ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކަށް ބީލަންފޮތް ގަތުމަށް ހުޅުވައިފައިވާ ފުރުސަތު މާދަމާ ހަވާނެއެވެ.

އައްޑޫސިޓީ ކައުންސިލުން ވިދާޅުވެފައިވަނީ ބީލަންފޮތް ގަތުމަށް ހުޅުވާލި މުއްދަތު ހަމަވާނީ މާދަމާ މެންދުރު 12:00 ގެ ނިޔަލަށް ކަމަށެވެ. ބީލަން ފޮތެއްގެ އަގަކީ 300 ރުފިޔާއެވެ. ބީލަން ފޮތް ގަތުމުގެ ފުރުސަތު ހުޅުވާލީ ފެބުރުއަރީމަހު ފުރަތަމަ ދުވަހުއެވެ.

ބީލަން ހުޅުވުން އޮންނާނީ 2018 ފެބުރުވަރީ 08 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ކައުންސިލް އިދާރާގެ ޖަލްސާކުރާ ހޯލުގައެވެ. ހުށަހަޅާ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްސީލް ބިޑިންގ ޑޮކިއުމަންޓުގައި ހިމެނިފައިވާނެ ކަމަށްވެސް ސިޓީކައުންސިލުން ވިދާޅުވެފައިވެއެވެ.

ގައުކެނޑި ޕޯސްޓަކީ ރައްޔިތުންގެ އިމާރާތެކެވެ. އެތަން ކުއްޔަން ދޫކުރަން ނިންމެވީ ޕޮލިހުން އެތަން ދޫކޮށްލެއްވުމުންނެވެ. އެއިމާރާތް ކުއްޔަށްދޭނީ އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅުއްވާ ފަރާތަކަށް ކަމަށްވެސް ސިޓީކައުންސިލުންވަނީ ވިދާޅުވެފައެވެ.

އެ އިމާރާތްހުރީ އައްޑޫސިޓީގެ ގިނަ އާއިލާތައް ހަފްތާ ބަންދުގައާއި އެނޫންވެސް ދުވަސްތަކުގައި ޕިކްނިކްދާ ސަރަހައްދު ކަމަށްވާ ކައުކެނޑި ސަރަހައްދުގައެވެ. އެތަނުން ދެވޭ މައިގަނޑު ޚިދުމަތްތައް އަމާޒުކުރަންވާނީ ދަތުރުދާ މީހުންނަށް ކަމަށްވެސް އައްޑީސިޓީ ކައުންސިލުން ވިދާޅުވެފައިވެއެވެ.