English Edition
Dhivehi Edition
އައިކެއާގެ ސްރީލަންކާ ދަތުރުގެ ނަސީބުވެރި ފަރާތް

އައިކެއާ އޮޕްޓިކަލްސްއިން ރޯދަމަހު ކުރިއަށްގެންދިޔަ “ނަޔާ ރޯދަ ހަދިޔާ” ޕްރޮމޯޝަންގެ ނަސީބުވެރިޔާ ހޮވައިފިއެވެ.

މި ޕްރޮމޯޝަންގެ ގްރޭންޑް ޕްރައިޒް ކަމަށްވާ، ސްރީލަންކާއަށް ކުރާ އާއިލީ ދަތުރު ކާމިޔާބުކުރީ އިސްމާޢީލް އަފްޒަލް އެވެ.

އައިކެއާ އިން ބުނީ “ނަޔާ ރޯދަ ހަދިޔާ 2026” އަކީ ރަމަޟާން މަހާ ދިމާކޮށް އައިކެއާގެ ކަސްޓަމަރުންނަށް ހާއްސަ ޑިސްކައުންޓްތަކަކާއެކު، އަގުހުރި އިނާމެއް ހުށަހަޅައިގެން ކުރިއަށްގެންދިޔަ ކާމިޔާބު ކެމްޕޭނެއް ކަމަށެވެ. މި ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު ދީފައިވަނީ އެއްފަހަރާ 500 ރުފިޔާއިން މަތީގެ ވިޔަފާރިކުރި ކަސްޓަމަރުންނަށެވެ.

މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ މި ގުރުއަތުން ހޮވުނު ނަސީބުވެރިޔާއަށް، ހަތަރު މީހުންގެ އާއިލާ ނުވަތަ ރައްޓެހިންނާ އެކު ސްރީލަންކާގައި 4 ރޭ ހޭދަކުރުމުގެ ފުރުސަތު ލިބޭނެއެވެ. މީގެ ތެރޭގައި ދެކޮޅު ޓިކެޓާއި، ހުރުމާއި ކެއުންބުއިމުގެ އިތުރުން ކެންޑީ، ނުވަރައެލިއާ އަދި އެލާ ފަދަ ހިތްގައިމު މަންޒިލްތަކަށް ޒިޔާރަތްކުރުން ހިމެނެއެވެ.

މި ކެމްޕޭނަށް ކަސްޓަމަރުންގެ ފަރާތުން ލިބުނު ބޮޑު ތަރުހީބަށްޓަކައި އައިކެއާ އޮޕްޓިކަލްސްއިން ވަނީ ޝުކުރު އަދާކޮށްފައެވެ. އަދި މިފަދަ ބޮޑު ތަރުހީބަކުން ރަމްޒުކޮށްދެނީ ލޮލުގެ ފަރުވާއާއި އައިނު ހޯދުމުގައި ކަސްޓަމަރުން އައިކެއަރއަށް ކުރާ އިތުބާރުކަމަށް އައިކެއާ އިން ވަނީ ބުނެފައެވެ. އިތުރަށް އައިކެއާއިން ބުނީ އަމާޒަކީ އަބަދުވެސް ކަސްޓަމަރުންނަށް ފައިދާހުރި، އުފާވެރި ތަޖުރިބާތަކެއް ފޯރުކޮށްދީ، ޒަމާނީ ޓެކްނޮލޮޖީއާއިއެކު ފެންވަރު ރަނގަޅު ލޮލުގެ ފަރުވާގެ ޚިދުމަތްތައް ފޯރުކޮށްދިނުން ކަމަށެވެ.

 

އައިކެއަރއިން ކުރިއަށް އޮތް ތަނުގައި ހިންގާ ހަރަކާތްތަކާއި ޕްރޮމޯޝަންތަކުގެ މަޢުލޫމާތު، އެ ކުންފުނީގެ ސޯޝަލް މީޑިއާ ޕޭޖުތަކުން ލިބިވަޑައިގަންނަވާނެއެވެ.