ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ “ދަ ޓްރެވެލެ ގައިސް ޕްރައިވެޓް ލިމިޓެޑް” ގެ ވެރިޔާ ހުސައިން ސަނީ އުމަރު، ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
މާކެޓިން ދާއިރާގައި ވަރަށް އިސްކޮށް އުޅުނު ސަނީގެ ބަންދަށް އެންމެ ފުރަތަމަ 30 ދުވަސްޖަހާފައިވާއިރު، އެ މުއްދަތު އިއްޔެ ހަމަވުމާއެކު މިއަދު އޭނާގެ ބަންދު މުއްދަތު ޖަހަން ކްރިމިނަލް ކޯޓަށް ވަނީ ގެންގޮސްފައެވެ. ފުލުހުން ބުނީ ޝަރީއަތް ނިމެން ދެން އޭނާ ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.
ނު ސަނީ އުމަރަށް ތުހުމަތު ކުރެވެނީ, އާއިލާގެ ކުޑަ ކުދިންތަކަކަށް ޖިންސީ ގޯނާކުރި ކަމަށެވެ. ސަނީ އުމަރު ހައްޔަރުކުރީ މި މަހުގެ ދެ ވަނަ ދުވަހު ފިލައިގެން ރާއްޖޭން ބޭރަށް ފުރަން އުޅެނިކޮށެވެ.