English Edition
Dhivehi Edition
ކްރިމިނަލް ކޯޓު ކައިރީގައި ބަޔަކު ހުއްޓިގެން

ކެފޭއަކުން ކެއުމަށް ފަހު، ބިލު ނުދައްކާ ފިލަން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކުރީ ގދ. ވާދުއަށް ނިސްބަތްވާ 25 އަހަރުގެ ފިރިހަނެކެވެ.

ކެފޭއަކުން ކެއުމަށް ފަހު ބިލު ނުދައްކާ ފިލަން މަސައްކަތް ކުރަނިކޮށް ފުލުހުން އޭނާ އަތުލައިގެންފައިވާއިރު ކޯޓުގައި އެމީހާ ބުނީ ފުލުހުން ކުރަނީ ރަނގަޅު ތުހުމަތެއް ކަމަށެވެ. އަދި އީ ބަނޑުހައިވެގެން ކަމަށް އެމީހާ ވަނީ ބުނެފައެވެ.

މީގެ އިތުރުން ކޯޓުގައި އެމީހާ ބުނީ ދިރިއުޅޭނެ ތަނެއް ވެސް ނެތް ކަމަށާއި ނިދާ ހަދަނީ ވެސް ޖޯލިތަކުގައި ކަމަށެވެ. އޭނާގެ އާއިލާ މީހުން ވެސް ދުނިޔޭގައި އެބަތިބި ކަމަށާއި އެކަމަކު އެ މީހުންގެ ހަބަރެއް ނުވާކަމަށެވެ. އަދި އެއްވެސް ވަޒިފާއެއް އަދާނުކުރާ ކަމަށާއި އޭނާ ގިނައިން ކައި ހަދަނީ ސަލާންޖަހައިގެން ކަމަށް އެމީހާވަނީ ކޯޓުގައި ބުނެފައެވެ.

ވައްކަން ކުރުމާއި، މުދަލަށް ގެއްލުން ދިނުމާއި، ބިލުތަކަށް ފައިސާ ނުދެއްކުމުގެ ކުށުގެ ރިކޯޑު އެ މީހާގެ އޮތްކަން ފާހަގަކޮށް ކޯޓުން ވަނީ އޭނާގެ ބަންދަށް 10 ދުވަސް ޖަހާފައެވެ.

މި