English Edition
Dhivehi Edition
ވެލާނާ އިންޓަނޭޝަަނަލް އެއާޕޯޓު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ޓާމިނަލް 1 އަށް ވަންނަން ދިޔަ ބޭންކެއްގެ 2 މުވައްޒަފެއްގެ އަތުން ފައިސާ ހުރި ސޫޓުކޭހެއް ފޭރިގެންފިއެވެ.

ފުލުހުން ބުނީ، މި ހާދިސާގެ މައުލޫމާތު ލިބުނީ ފަތިހު 4:45 އެހާކަންހާއިރު ކަމަށެވެ.

ފުލުހުން ބުނީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލަށް ވަންނަން ދިޔަ ބޭންކެއްގެ ދެ މުވައްޒަފެއްގެ އަތުން ފައިސާ ހުރި ސޫޓް ކޭސްއެއް، މޫނު ނިވާކޮށްގެން ތިބި ބަޔަކު ފޭރިގެންފައިވާ ކަމަށެވެ. އެހެން ނަމަވެސް މި މައްސަލަ އާއި ގުޅޭ އިތުރު ތަފްސީލު އަދިފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މިހާދިސާ ތަހުގީގު ކުރަމުން ދާ ކަމަށް ފުލުހުން ބުނެފައި ވާއިރު ބޭންކުގެ މައުލޫމާތުވެސް ފުލުހުން ވަނީ ސިއްރު ކޮށްފައެވެ.