English Edition
Dhivehi Edition
ހުސައިން ރިޒާ / ފޮޓޯ: ޖޭއެސްސީ

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސްކަމުގެ މަގާމުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ މާފުށީ ދާއިރާގެ މެންބަރު ހުސައިން ރިޒާ އާދަމް, އެ ކޮމިޝަންގެ ރައީސްކަމުން އިސްތިއުފާ ދެއްވައިފިއެެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން ރިޒާ ވަނީ ޖޭއެސްސީގެ މަގާމުން އިސްތިއުފާ ދެއްވައި އެ ކޮމިޝަނަށް ސިޓީ ފޮނުއްވަފައެވެ. ނަމަވެސް އޭނާ އިސްތިއުފާ ދެއްވީ ކޮން ސަބަބަކާ ހުރެކަން އަދި ސާފުވާ ގޮތެއް ނުވެއެވެ.

ޖޭއެސްސީގެ ރައީސްކަމަށް ރިޒާ އިންތިހާބު ކުރީ ޖޫން 12، 2024 ގައެވެ. ރިޒާ އެ މަގާމުން އިސްތިއުފާ ދެއްވާފައި ވާ އިރު، ޖޭއެެސްސީގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒު ވެސް ވަނީ މީގެ ކުރިން އެ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

ރިޒާ އިސްތިއުފާ ދެއްވުމާ އެކު މި ވަގުތު ޖޭއެސްސީގެ އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ހުންނެވީ ޔަޒްމީދެވެ.