English Edition
Dhivehi Edition
ފޮޓޯ: ފުލުހުން

ހުޅުމާލެ ފޭސް 2 އިން މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

ފުލުހުން ބުނީ މި ތަކެތި ފެނިފައިވަނީ ސެޕްޓެންބަރު 30 ވަނަ ދުވަހުގެ ރޭ ހުޅުމާލެ ފޭސް 2 ގައި ފުލުހުން ޕެޓްރޯލުކުރަމުން ދިޔައިރު ހިޔާ ޓަވަރު 11 ގެ ސިޑިބަރި ކައިރި ފަޔަރ ހޯސްޓް ބަަލައިފާސްކުރުމުގެ ތެރެއިން ކަމަށެވެ. އެގޮތުން، މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއް ހުރި 14 ރަބަރު ޕެކެޓު ފެނިފައިވެއެވެ.

މި މައްސަލަ އާ ގުޅިގެން މީހަކު ހައްޔަރުކޮށްފައި ނުވެއެވެ.

ފުލުހުން ގެންދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.