މީޑިއާ ރެގިއުލޭޓު ބިލު ފާސްކުުރުމާ ދެކޮޅަށް ބައެއް ނޫސްވެރިން މަޖިލިސް ކުރާ ގެ ހުންނަ ސަރަހައްދަށް އެއްވެ އިހުތިޖާޖު ކުރަން ފަށައިފިއެވެ.
މަޖިލިސް ޗުއްޓީގައި އޮއްވާ މިއަދު ބާއްވާ ޖަލްސާއާ ގުޅިގެން މަޖިލިސް ސަރަހައްދަށް މިއަދު ހެނދުނު 8:30 އިން ފެށިގެން ބައެއް ނޫސްވެރިން ވަނީ އެ ސަރަހައްދަށް އެއްވެފައެވެ.
މިއަދު ނޫސްވެރިން އިހުތިޖާޖު ކުރަނީ މަޖިލިސް ޗުއްޓީގައި އޮއްވާ އިއްޔެ ބޭއްވި މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އަވަސް އަރުވާލައިގެން މީޑިއާ ރެގިއުލޭޓް ކުރާ ބިލު ފާސްކުރުމާ ގުޅިގެންނެވެ. މަޖިލިސް ދޮށަށް އެއްވި ނޫސްވެރިން ދަނީ އެ ބިލު ބޭރު ކުރުމަށާއި އެ ބިލަށް ހުށަހެޅި އިސްލާހުތައް ދިރާސާ ކުރަން ވަގުތު ބޭނުންވާ ކަމަށް ބުނެފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މިއަދު ބާއްވަން ޝެޑިއުލްކޮށްފައިވީ ނަމަވެސް ޖަލްސާ ބާއްވާނެ ގަޑިއެއް އަދި ހާމަކޮށްފައެއް ނުވެއެވެ.