English Edition
Dhivehi Edition
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ: ފޮޓޯ: ރައީސް އޮފީސް

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑުގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުން ހުސެއިން ފަހުމީ ވަކިކޮށްފިއެވެ.

ފަހުމީ އެ މަގާމުން ވަކި ކުރިކަން ހާމަކޮށް ޕްރައިވަޓައިޒޭޝަންގެ ކޯޕަރޭޝަނުގެ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުން މ. ފަތަހަ، ހުސެއިން ފަހުމީ ވަކިކޮށްފައިވާ ކަމަށެވެ. ނަމަވެސް ފަހުމީ އެ މަގާމުން ވަކިކުރީ ކޮން ސަބަބަކާ ހުރެ ކަމެއް އެ ކޯޕަރޭޝަނުން ހާމަކޮށްފައި ނުވާއިރު އެ މަގާމަށް ޝަމާހު ރަޝީދު އައްޔަން ކުރައްވާފައިވާ ކަމަށް ވެސް އެ ބޯޑުން ވަނީ ހާމަކޮށްފައެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށްހުސައިން ފަހުމީ އައްޔަން ކުރީ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހުއެވެ. 1998 ވަނަ އަހަރުން ފެށިގެން ސްޓެލްކޯގައި ހިދުމަތް ކުރައްވަމުން ގެންދަވާ ފަހުމީ މިހާތަނަށް ވަނީ އެ ކުންފުނީގައި 25 އަހަރު ހިދުމަތް ކުރައްވާފައެވެ.