English Edition
Dhivehi Edition
ކައްދޫގައި ރޭ ހިނގި އެކްސިޑެންޓު

ލ. ކައްދޫގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި އުމުރުން ދުވަސްވީ މީހާ ނިޔާވެއްޖެއެވެ.

މި އެކްސިޑެންޓް ހިނގާފައި ވަނީ ރޭ ކައްދޫ އެއާޕޯޓު ކައިރީގައި ހުރި ކަފިހި ހުރަހަކުން މަގު ހުރަސްކުރަން އުޅުނު ބައެއްގެ ގައިގައި ބާރު ސްޕީޑެއްގައި އައި ސައިކަލަކުން ޖެހިގެންނެވެ.

މި ހާދިސާގައި މަގު ހުރަސް ކުރަން އުޅުނު ދެ އަންހެނަކާ، ސައިކަލު ދުއްވަން އިން ފިރިހެން މީހާގޭ އިތުރުން ސައިކަލު ފަހަތުގައި އިން އަންހެން މީހާއަށް ވަނީ އަނިޔާވެފައެވެ. މި އެކްސިޑެންޓްގައި އަނިޔާވި 64 އަހަރުގެ އަންހެން މީހާއަށް ފަރުވާ ދެމުންދަނިކޮށް ނިޔާވެފައިވާ ކަަމަށް ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ.

އެކްސިޑެންޓުގައި އަނިޔާވި ބާކީ މީހުންނަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނައިރު ފުލުހުން ދަނީ މައްސަލަ ތަހުގީގުކުރަމުންނެވެ.